ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަން އެމްއެންޔޫއިން ހިނގާލުމެއް ބާއްވަނީ

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަން އެމްއެންޔޫއިން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ. މި ހިނގާލުން ބާއްވަނީ މި މަހުގެ 19 ވަނަ ދުވަހު ހަވީރު، 4ން 6އަށެވެ.

"ޖުބިލީ ވޯކް"ގެ ނަމުގައި މި ހިނގާލުން އިންތިޒާމް ކުރަނީ ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) އިންނެވެ.

އެފްއެޗްޓީއެސް ބުނީ، މި ހިނގާލުމުގައި 21 ސްކޫލަކާއި ކޮލެޖުތަކާއި ރެސްޓޯރެންޓްތަކުން ބައިވެރިވާނެ ކަމަށެވެ. މި ހިނގާލުމުގެ ތެރެއިން ފަތުރުވެރިކަމަށް ހޭލުންތެރި ކުރުވުމުގެ ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *