އީޝާ، ހައިފާ، މައިޝާން، ނަސްރުﷲ: ފާއިތުވި ދެ އަހަރު ބ. އަތޮޅު މަދަރުސާގެ ދަރިވަރުން

ފާއިތުވި ދެ އަހަރު، ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރުން ހޮވައިފިއެވެ.

އެ ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ އޮތީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އެ ސްކޫލްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

މިރަސްމިއްޔާތުގައި ޖެނެރަލް ޕްރޮފެސެންސީ ޕްރައިޒް، އޮނަލިސްޓެޑް އެވޯޑް ،ކުލާސް ޕްރައިޒް، ކުލާސް ޕްރޮގުރެސް ޕްރައިޒް، ސަބްޖެކްޓް ޕްރައިޒްގެ އިތުރުން ޖީސީ އީ އޯލެވެލް އާއި އޭލެވެލް އިމްތިޙާނުތަކުން މަތީ ނަތީޖާހޯދި ޖުމްލަ 27 ދަރިވަރަކު އިނާމް ޙާޞިލްކޮށްފައި ވެއެވެ.

2019 ވަނަ އަހަރު ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އީޝާއަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު އިނާމް ހަވާލުކޮށްދެއްވަނީ: ފޮޓޯ: ބ. އަތޮޅު ސްކޫލް

2019 ވަނަ އަހަރު ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، އީޝާ އަޙްމަދު އިޤްބާލެވެ. އެ އަހަރު މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، ހައިފާ ޢަބްދުލް ޙަލީމެވެ. އެއީ އެ އަހަރު އެ ސްކޫލްގެ ކެޕްޓަން ވެސްމެއެވެ.

2019 ވަނަ އަހަރު މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ހައިފާ ޢަބްދުލްހަޔަރ އެޑިޔުކޭޝަން މިނިސްޓަރު އިނާމް ހަވާލުކޮށްދެއްވަނީ: ފޮޓޯ: ބ. އަތޮޅު ސްކޫލް

2020/2021 ވަނަ އަހަރު ސާނަވީން އެންމެ މޮޅު ދަރިވަރަކީ މުޙައްމަދު މައިޝާންއެވެ. އޭނާ އަކީ އެ އަހަރު އެ ސްކޫލްގެ ޑެޕިއުޓީ ކެޕްޓަނެވެ. މަތީ ސާނަވީން، އެ އަހަރު އެއްވަނަ ހޯދީ ނަސްރުއްﷲ އިބްރާހިމެވެ.

ފާއިތުވި އަހަރު ސާނަވީން އެންމެ މޮޅު ދަރިވަރު މުޙައްމަދު މައިޝާންއަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު އިނާމް ހަވާލުކޮށްދެއްވަނީ: ފޮޓޯ: ބ. އަތޮޅު ސްކޫލް
ފާއިތުވި އަހަރު މަތީ ސާނަވީން، އެއްވަނަ ހޯދީ ނަސްރުއްﷲ އިބްރާހިމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު އިނާމް ހަވާލުކޮށްދެއްވަނީ: ފޮޓޯ: ބ. އަތޮޅު ސްކޫލް

ބ. އަތޮޅު މަދަރުސާއިން ބުނީ، އެ ސްކޫލްގެ ތަޢުލީމީފެންވަރު ކުރީއަހަރުތަކަށްވުރެ ފާއިތުވިއަހަރު ރަނގަޅު ކަމަށާއި، މި އަހަރު އެ ނަތީޖާ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *