ފާއިތުވި ދެ އަހަރު، ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރުން ހޮވައިފިއެވެ.
އެ ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ އޮތީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އެ ސްކޫލްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.
މިރަސްމިއްޔާތުގައި ޖެނެރަލް ޕްރޮފެސެންސީ ޕްރައިޒް، އޮނަލިސްޓެޑް އެވޯޑް ،ކުލާސް ޕްރައިޒް، ކުލާސް ޕްރޮގުރެސް ޕްރައިޒް، ސަބްޖެކްޓް ޕްރައިޒްގެ އިތުރުން ޖީސީ އީ އޯލެވެލް އާއި އޭލެވެލް އިމްތިޙާނުތަކުން މަތީ ނަތީޖާހޯދި ޖުމްލަ 27 ދަރިވަރަކު އިނާމް ޙާޞިލްކޮށްފައި ވެއެވެ.

2019 ވަނަ އަހަރު ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، އީޝާ އަޙްމަދު އިޤްބާލެވެ. އެ އަހަރު މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، ހައިފާ ޢަބްދުލް ޙަލީމެވެ. އެއީ އެ އަހަރު އެ ސްކޫލްގެ ކެޕްޓަން ވެސްމެއެވެ.

2020/2021 ވަނަ އަހަރު ސާނަވީން އެންމެ މޮޅު ދަރިވަރަކީ މުޙައްމަދު މައިޝާންއެވެ. އޭނާ އަކީ އެ އަހަރު އެ ސްކޫލްގެ ޑެޕިއުޓީ ކެޕްޓަނެވެ. މަތީ ސާނަވީން، އެ އަހަރު އެއްވަނަ ހޯދީ ނަސްރުއްﷲ އިބްރާހިމެވެ.


ބ. އަތޮޅު މަދަރުސާއިން ބުނީ، އެ ސްކޫލްގެ ތަޢުލީމީފެންވަރު ކުރީއަހަރުތަކަށްވުރެ ފާއިތުވިއަހަރު ރަނގަޅު ކަމަށާއި، މި އަހަރު އެ ނަތީޖާ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
advertisment
ހިޔާލު