ޖަމާލުއްދީން ސްކޫލްގެ އިސްމަގާމްތަކަށް ހޮވުނު ދަރިވަރުން ހުވާކޮށްފި

ޖަމާލުއްދީން ސްކޫލްގެ އިސްމަގާމްތަކަށް ހޮވުނު ދަރިވަރުން މިއަދު ހުވާކޮށްފިއެވެ. ދަރިވަރުން ހުވާ ކުރީ، މިއަދު ހެނދުނު އެ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އެ ސްކޫލްގެ އިސް މަގާމަށް ވިހި ދަރިވަރުން ހުވާކުރިއެވެ.

ޖަމާލުއްދީން ސްކޫލްގެ ކެޕްޓަން، ލައިޝާ އަހުމަދު ޖައުފަރުއާއި އާލިފު އިބްރާހިމް ޝަރީފު

ޖަމާލުއްދީން ސްކޫލްގެ ކެޕްޓަނަކީ އާލިފު އިބްރާހިމް ޝަރީފުއާއި، ލައިޝާ އަހުމަދު ޖައުފަރުއެވެ. ޑެޕިއުޓީ ކެޕްޓަނުންނަކީ މުޙައްމަދު ނާއިފު އަފީފުއާއި، ރަނަކު މުޙައްމަދު ޝަމީޒުއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ، އެޑިޔުކޭޝަން މިނިސްޓްރީގެ މާލޭ ޒޯން ކޯޑިނޭޓަރު، އަހުމަދު ނަސީމެވެ.

ދަރިވަރުންނާ މުޙާޠަބުކޮށް އޭނާ ވިދާޅުވުވީ، ދަރިވަރުން އިއްވި ޢަޒުމާ އެއްގޮތަށް އަމަލުކޮށްފިނަމަ، އިތުރަށް ރަނގަޅުކުރަންޖެހޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ، ޖަމާލުއްދީނަށް ލިބޭ ކޮންމެ ކާމިޔާބީއަކީ އެއީ އެންމެ ކުއްޖަކަށް ލިބޭ ކާމިޔާބެއް ނޫން ކަމަށާއި، އެއީ މުޅި ޖަމާލުއްދީނަށް ލިބޭ ކާމިޔާބެއް ކަމަށެވެ.

ޖަމާލުއްދީން ސްކޫލްގައި ދެހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *