އިންޓަރ ސްކޫލް ރޯވިން ބީޗު ސްޕްރިންޓް ފަށައިފި

"އެމްޓީސީސީ އިންޓަރ ސްކޫލް ރޯވިން ބީޗު ސްޕްރިންޓް 2019″ އައްޑޫސިޓީގައި ފަށައިފިއެވެ.
މި މުބާރާތުގައި 4 ސްކޫލަކުން 83 ކުދިން ބައިވެރވެފައިވެއެވެ. މިއީ މިފަދަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތް ކުރިއަށްދަނީ އައްޑޫސިޓީ ހިތަދޫ ސްވިމިންޓްރެކު ސަރަޙައްދުގައެވެ.
މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލް ތަކަކީ ފޭދޫ ސްކޫލާއި، ހިތަދޫ ސްކޫލާއި، ޝަރަފުއްދީން ސްކޫލާއި، އައްޑޫހައި ސްކޫލެވެ. މިއީ ދެ ޖިންސްގެ ދަރިވަރުންނަށް ވެސް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
މި މުބާރާތް ސްޕޮންސަރ ކޮށްދެއްވައިފައިވަނީ އެސްޓީއޯ، މިފްކޯ، އެމްޑަބްލިޔުއެސްސީ، އެމްޓީސީސީ އެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަމަސް ރޯވިން އެސޯސީއޭޝަނުން ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *