ޤައުމީ ޔުނިވަރސިޓީގެ ފޮތް މައުރަޒު އަންނަ މަހު 11ން 13އަށް ބާއްވަން ނިންމައިފިއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، އެ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ، ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެއް ކަމަށެވެ.
" މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެއް" އެމްއެންޔޫއިން ބުންޏެވެ.
މި މައުރަޒުގެ ބޭއްވުމުގެ މަޤުޞަދެއް ކަމަށް އެ ޔުނިވަރސިޓީން ބުނީ، ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސް ކޮށްދިނުމާއި، މިހާތަނަށް ޝާއިޢު ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމެވެ. އަދި ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝަޢުގު އުފެއްދުމާއި، ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމެވެ.
މި މައުރަޒުގައި ފޮތް ވިއްކާ ފަރާތްތަކުން ފީއެއް ދައްކާކަށް ނުޖެހެއެވެ.
ޤައުމީ ޔުނިވަރސިޓީން ދަނީ މިފަހަކަށް އައިސް މިކަކަހަލަ ވަރަށް ގިނަ ހަރަކާތްތަކެއް ޤައުމު ބިނާ ކުރުމަށްޓަކައި އެކި އެކި ނަންނަމުގައި ބާއްވަމުންނެވެ.
advertisment
ހިޔާލު