ބ.ތުޅާދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރަން ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ބަދަހި އިންވެސްޓްމަންޓުން ނިންމަނީ، 365 ދުވަހުގެ ތެރޭގައި، 12.4 މިލިއަން ރުފިޔާއަށެވެ.
ބ.ތުޅާދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމެވެ. ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖާރ ޝިއުސް ފަރީދެވެ.
advertisment
ހިޔާލު