ތަޖުރިބާ ހޯދަން 50 ޕްރިންސިޕަލަކު އިންޑިޔާއަށް

ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި 50 ޕްރިންސިޕަލަކު މިއަދު އިންޑިޔާއަށް ފުރައިވަޑައިގެންފިއެވެ.

އިންޑިޔާއަށް ފުރައިވަޑައިގެންނެވި ޕްރިންސިޕަލުންގެ ތެރޭގައި މާލެއާއި އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުން ހިމެނިވަޑައިގަންނަވައެވެ. ޕްރިންސިޕަލުންގެ އިތުރުން 29 އެޑިއުކޭޓަރުންވެސް ކި ދަތުރުގައި ބައިވެރިވިއެވެ.

ލަކްނޯ އާއި އަޔޯދިޔާގެ ސްކޫލްތަކުގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވރުންނަށް ލިޓްރަސީ އާއި ނިއުމަރަސީގެ ކަންތައްތައް ކުރިއަށް ގެންދާ ގޮތް ބަލާއި ދިރާސާކުރާނެއެވެ.މިއީ ގްލޯބަލް އެޑިއުކޭޝަން ޓްރެއިނިންގ އިންސްޓިޓިއުޓް އޮފް އިންޑިއާ އާއި މިނިސްޓްރި އޮފް އެޑިޔުކޭޝަންއާ ގުޅިގެން އިންތިޒާމް ކުރި ދަތުރެކެވެ.

މިފަދަ ދަތުރުތަކެއް މީގެ ކުރިން ވެސް އެ މިނިސްޓްރީން ވަނީ އިންތިޒާމްކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *