އަންނަ އާދީއްތަ ދުވަހު ހުޅުވާ، ކާމިލު ދީދީ ޕްރައިމަރީ ސްކޫލްގެ މަސައްކަތް ނިންމައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާކުކޮށްފިއެވެ. މި ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ކުރީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިންނެވެ.
ކާމިލު ދީދީ ޕްރައިމަރި ސްކޫލަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވާ ފުރުތަމަ ސްކޫލެވެ. މި ސްކޫލްގައި 12 ކުލާސް ރޫމް ހިމެނެއެވެ. އާދީއްތަ ދުވަހުން ފެށިގެން މި ސްކޫލްގައި ކިޔަވައިދެމުން ގެންދާނީ ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 6އާ ހަމައަށެވެ.
ދިރާސީ އާ އަހަރު ފެށުނުއިރު މި ސްކޫލް ނުހުޅުވޭތީ، ދަރިވަރުން ކިޔަވަމުން ގެންދިޔައީ ފޭސް އެކެއްގައި ހިންގަމުން އަންނަ ހުރަވީއާއި ރެހެންދީގެ އިތުރުން ޣާޒީ ސްކޫލުންނެވެ.
މި ސްކޫލުގައި 824 ދަރިވަރުން ކިޔަވަމުންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި ސްކޫލްގެ އެންމެ ފަހުގެ މަސައްކަތްތައް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ބުރާސްފަތި ދުވަހު ބައްލަވާލައްވާފައެވެ.
advertisment
ހިޔާލު