824 ކުދިންނާއެކު އަންނަ އާދީއްތަ ދުވަހު ކާމިލު ދިދީ ޕްރައިމަރީ ސްކޫލް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވަން ތައްޔާރުވެއްޖެއެވެ. މިއީ ދެވަނަ ފިޔަވަގައި ހުޅުވާ ފުރަތަމަ ސްކޫލެވެ.
ކާމިލު ދީދީ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުން ގެންދަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސަރުކާރުން ހިންގަމުން ގެންދާ ތިން ސްކޫލެއްގައެވެ. އެއީ ރެހެންދި ސްކޫލާއި ހުރަވީ ސްކޫލުގެ އިތުރުން ގާޒީ ސްކޫލެވެ.
ކާމިލު ދީދީ ޕްރައިމަރީ ސްކޫލްގެ އިތުރުން ޖަމީލު ދީދީ ޕްރައިމަރީ ސްކޫލް އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރިން ބުނެއެވެ. އެއީ 800 ކުދިންގެ ޖާގަ ހިމެނޭ ސްކޫލެކެވެ.
ދެވަނަ ފިޔަވަހީގައި، ސަލާހުއްދީން ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ އެއީ 1200 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އަދި 1400 ކުދިންނަށް އަމާޒުކޮށް އިތުރު ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ފުރަތަމަ ފިޔަވަހީގައިވެސް ދެ ސްކޫލެއްގެ މަސައްކަތް ކުރިއަށް ގެންދެއެވެ. އެއް ސްކޫލަކީ ސީއެޗްއެސްއީގެ އާ ސްކޫލެވެ. ދެން ކުރިއަށް ގެންދަނީ ބޭރުގެ ފަރާތަކުން އިމާރާތް ކުރަމުންދާ އަޖިއާލް ބައިލިންގުއަލް ސްކޫލެކެވެ. އެއީ 800 ކުދިންގެ ޖާގަ ހިމެނޭ ސްކޫލެކެވެ.
advertisment
ހިޔާލު