ޝަރީފު ސަރގެ ވަކިވުން، ފީކުވަކު ސްކޫލަށް ކުއްލި ސިހުމެއް

ށ. ފީވަކު ސްކޫލްގެ ލީޑިންގ ޓީޗަރު އަލީ ޝަރީފް (ނަފާ ޝަރީފް)ގެ ކުއްލި ގޮތަކަށް ނިޔާވުމާއެކު އެ ސްކޫލަށާއި މުޅިރަށް އިއްޔެއަކީ ހިތާމައިގެ ދުވަހެކެވެ.

ޝަރީފު ނިޔާވީ މަޤްރިބު ނަމާދަށް ދިއުމުގެ މަތީގައި ކުއްލިއަކަށެވެ.

" މިސްކިތަށް ދަނިކޮށް ކުއްލިއަކަށް ވެއްޓުނުކަމަށް ވަނީ، އެންބިއުލަންސަށް އެރުވިރުވެސް މަރުވެފައި އޮތް ކަމަށް ވަނީ" ފީވަކުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

ޝަރީފު ސަރގެ ކުއްލި ވަކިވުމާއެކު، އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެ އާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އެ މިނިސްޓްރީގެ ތަޢުޒިޔާގައި ބުނެފައި ވަނީ އެއީ ތަޢުލީމީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

ތަޢުލީމީ ދާއިރާއަށް ޝަރީފު ވެންނެވީ 19 ޖުލައި 1992 ގައެވެ. މެދުކެނޑުމެއްނެތި 30 އަހަރު ޚިދުމަތް ކޮށްދެއްވިއެވެ. " އަލީ ޝަރީފަކީ ވަޒީފާއަށް ފަރުވާތެރި، ސްކޫލްގެ ކަންކަމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުއްވި ދަރިވަރުންނާއި މުވައްޒަފުންގެ ގާތް އެކުވެރިއެއް" އެޑިޔުކޭޝަންގެ ތައުޒިޔާ މެސެޖުގައި ބުނެފައިވެއެވެ.

ޤުރުއާން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި ޝަރީފު 2004 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެއްވީ ލިޑިންގ ޓީޗަރެއްގެ ގޮތުގައެވެ.

ޝަރީފު ސަރގެ ފަސް ކުދިންނާއި އަންބަކު ދުނިޔޭގައި އެބަތިއްބެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *