ހުޅުމާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ވޮލީބޯލް ކޭމްޕެއް

ހުޅުމާލޭގެ ސްކޫލް ތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ވޮލީބޯލް ކޭމްޕެއް އިއްޔެ ފަށައިފިއެވެ.

ޕޮލިސް ކްލަބާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ވޮލީބޯލް އެސޯސިއޭޝަން ގުޅިގެން ފެށި އެ ކޭމްޕުގައި، ކުޅިވަރުގެ ރޫހާ އެއްގޮތަށް ކުޅުމުގެ މުހިންމުކަމާއި، ކުޅިވަރުގެ ހުނަރުތަކާއި، ވޮލީ ކުޅުމުގައި ގެންގުޅޭ އުކުޅުތަކާއި އިތުރު ހުނަރުތައް އިތުރަށް ތަރައްގީ ކުރާނެގޮތުގެ މައުލޫމާތު ދެވޭނެއެވެ

އެ ކޭމްޕު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ކޭމްޕުގެ ބޭސިކް 10 ދުވަހުގެ މުއްދަތަށް އަދި އެޑްވާންސް ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާގޮތަށެވެ.

އެ ކޭމްޕުގައި ހުޅުމާލޭގެ ސްކޫލުތަކުން 100 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *