ޕޮލިޓެކްނިކް ޒަމާނީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ 2022 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކްގެ އޮރިއެންޓޭޝަންގައި ބައިވެރިވެރިވި ހުރިހާ ދަރިވަރުންނަށް މަރުހަބާ ދަންނަވާ މިނިސްޓަރު ވިދާޅުވީ އެމަރުކަޒު އާ ޚިދުމަތްތްދީ ޒަމާނީ ކުރަން ވޯލްޑްބޭންކުގެ އެހީތެރިކަމާއެކުގައެވެ.
މިނިސްޓަރު ވިދާޅުވީ، ލެބެއްގެ އިރުުން އަންނަ އަަހަރުގެ ތެރޭގައި ޕޮލިޓެކްނިކްގެ އިމާރާތުގައި ލިފްޓެއް ހަރުކުރާނެ ކަމަށާއި، އެސައްކަތް ކުރާނީ ސަރުކާރުގެ ބަޖެޓުން ކަމަށެވެ.
" އަޅުގަނޑުމެން މިތަނުގައި [ޕޮލިޓެކްނިކް] އާ ފެސިލިޓީސް ގާއިމް ކުރަން ބޭނުން" ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.މިނިސްޓަރ ވިދާޅުވީ އާ ފެސިލިޓީސް ޕޮލިޓެކްނިކްގައި ގާއިމްކުރެއްވުމަށް ބޭނުންވަނީ އެތަނުން ދެވޭ ތައުލީމުގެ ފުރުސަތުތައް ފުޅާވުމަށް ފަހިވުމާއި ތަނުން ހިންގޭ އެކްސެސް މިހާރަށްވުރެ ރަނގަޅުކުރުމާއި އާންމުން ޕޮލިޓެކްނިކާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރުމުގެ ގޮތުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު ފެށި ސެމިސްޓަރ އަކީ ހުރިހާ ދަރިވަރުން ވެސް ދިރިއުޅުމުގައި ގިރާކުރާނެ އާ ހަރުފަތެއްގެ ފެށުންކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މި ސެމިސްޓަރ އަކީ ދަރިވަރުންގެ ހުނަރާއި އުއްމީދާއި އެކު އިލްމު ހޯދާ ހުނަރު ދަސްކޮށް ހިއްމަތާއިއެކު މަސައްކަތްކޮށް ކާމީޔާބާއި ހަމައަށް ވާސިލުވުމަށްޓަކައި ފަށާ ފެށުމެއްގެ ފެށުންކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވި އެވެ.ޕޮލިޓެކްނިކުން ދަރިވަރުން ކިޔަވައިގެން ނިކުންނައިރު މަސައްކަތުގެ އަޚުލާގު ހުންނަ ގޮތާއި ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތާއި ވަޒީފާއަށް ގޮސް މަސައްކަތުގައި ހޭދަކުރާ ވަގުތާއި ނަތީޖާ ނެރޭ ގޮތާއި ދިރިއުޅުމުގައި މީހާގެ ޑިސިޕްލިން ގެންގުޅޭގޮތް އެއީ ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.
އަދި ޕޮލިޓެކްނިކުން ކިޔަވައިގެން ނިކުންނަށް ދަރިވަރުން ޓްވެޓް ނިޒާމަށް އާންމުން ދެކޭގޮތް އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރ އެދިލެއްވި އެވެ.
advertisment
ހިޔާލު