ދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމަށް "ފަންނުވެށި" ހުޅުވައިފި

ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެވ ދާއިރާއިން ތަޢުލީމާއި ތަމްރީނު ދިނުމަށްޓަކައި ގާއިމް ކުރި ހުނަރާއި އީޖާދުގެ މަރުކަޒު" ފަންނުވެށި" މިރޭ ހުޅުވައިފިއެވެ.

މި މަރުކަޒު ހުޅުއްވައި ދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ.

އިމާދުއްދީން ސްކޫލަކީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަޢުލީމު ދިނުމަށްޓަކައި ޤާއިމްކުރާ ހަބްސްކޫލްތަކުގެ ތެރެއިން އެއްމެ ފުރަތަމަ އެ މަސައްކަތް ފެށި ސްކޫލެވެ. އިމާދުއްދީނުގައި ހުޅުވި ފަންނުވެށީގައި ކުރިއަށް ގެންދަނީ ހަތަރު ޕްރޮގްރާމެވެ. އެއީ ކެއްކުމަށް ޚާއްޞަ ކޮށްފައިވާ "ކައްކާވަތި" ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ޤާއިމްކޮށްފައިވާ "ނަލަވަތި"، ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްޞަ ކޮށްފައިވާ "ޓެކްވަތި" އާއި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްޞަކޮށްފައިވާ " ފަހާވަތި" އެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ، މި ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަށް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ސެޓްފިކެޓް ލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭނެ ކަމަށެވެ.
އިމާދުއްދީން ސްކޫލްގައި ހުޅުވި ފަންނުވެށި ތަރައްޤީ ކުރުމުގައި އެންމެ މުހިންމު އެހީތެރިކަމެއް ދީފައިވަނީ އެޓޮމޮސްފިޔަރ ފައުންޑޭޝަނާއި އީވް ގާމަންޓްސްގެ ފަރާތުންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މި މަރުކަޒަކީ ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވާ ދިނުމުގެ ސިޔާސަތުގެ ތެރެއިން ރަސްމީ ތައުލީމުގެ ތެރެއިން ވޮކޭޝަނަލް އެޑިޔުކޭޝަން ފޯރުކޮށް ދިނުމުގެ ފެށުން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *