ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު، ރާއްޖެއިން ބޭރުން ގެންނަންޖެހޭ ޓީޗަރުން ރާއްޖެ އައިސްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރިން ބުނެފިއެވެ.
އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބު، އަހުމަދު މުޖާހިދު ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި ބިދޭސީ ޓީޗަރުން ރާޢްޖެ އައިސްފައިވާ ކަމަށާއި، ބިދޭސީ ޓީޗަރުން އެންމެ އަވަހަށް ގެނައި އަހަރަކަށް މި އަހަރު ވާނެ ކަމަށެވެ.
މުޖާހިދު ވިދާޅުވީ، ދިރާސީ އާ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ހޯދުމުގެ މަސައްކަތް، މެއި މަހު ފެށި ކަމަށާއި، ހުރިހާ ސްކޫލަކާ ވަކިން ބައްދަލުކޮށް އެ ސްކޫލްތަކުގެ ހިއުމަން ރިސޯސަސް އެޑިޓެއް ހަދާފައިވާ ކަމަށެވެ. އެ ބައްދަލުވުން ތަކުގައި، 122 ސްކޫލަކުން އެދުނު ކަންތައްތަކަށް ބަލައި ސްކޫލްތަކަށް ބޭނުންވާ މިންވަރަށް ބިދޭސީ ޓީޗަރުން ހަމަޖައްސާދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަހަރު 1693 ބިދޭސީ ޓީޗަރުން ސްކޫލްތަކުގައި ކިޔަވައިދޭނެ ކަމަށެވެ.
މުޖާހިދު ވިދާޅުވީ ބިދޭސީ ޓީޗަރުން ގެންނަނީ ދިވެހި ޓީޗަރުން ނުލިބިއްޖެ ހާލަތެއްގައި ކަމަށާއި، ޖޫން މަހުން ފެށިގެން ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދަން އިއުލާން ކުރަމުން އަންނަ ކަމަށެވެ.
advertisment
ހިޔާލު