ގުރޭޑް 2 ގެ ޓެކްސްޓް ފޮތްތައް ބަދަލުވެ، ގުރޭޑް 9އާއި 10އަށް ޑިޖިޓަލް ފޮތްތައް

ގުރޭޑް ދޭއްގެ ޓެކްސްޓް ފޮތްތައް ރިވިއުކުރުމަށްފަހު، އަލުން ޕްރިންޓްކޮށްފައިވާ ކަމަށާއި ދިރާސީ އަހަރުގައި ގުރޭޑް 2 ގެ ގުރޭޑް ދަރިވަރުން ބޭނުންކުރާނީ އާ ފޮތްތައް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ، ގުރޭޑް 9އާއި 10ގެ ދަރިވަރުންނަށް ދޭނީ ކެމްބްރިޖް ޑިޖިޓަލް ފޮތްތައް ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ކަރިކިއުލަމް ރިވިއު ކުރުމަށް ބޭއްވި ބައްދަވުމުން ފާހަގަކުރި ކަންތައްތަކަށް ބަލައި ކޮންމެ އަހަރަކު ވެސް އެއް ގުރޭޑެއްގެ ފޮތްތަކަށް ބަދަލު ގެންނަ ކަމަށާޢި ދިރާސީ އާ ހަރާއެކު އެ ބަދަލުތައް ގުރޭޑް ދޭއްގެ ޓެކްސްޓް ފޮތްތަކަށް ގެނެސްފައިވާ ކަމަށެވެ. އެހެންވެ ގުރޭޑް ދޭއްގެ ހުރިހާ ދަރިވަރުންނަށް ލިބެނީ އަލަށް ޕްރިންޓްކޮށްފައިވާ ޓެކްސްޓް ފޮތްތައް ކަމަށް އަހުމަދު އަލީ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ކީ ސްޓޭޖް 4 ގައި ހިމެނޭ ގުރޭޑް 9 އާއި 10ގެ ޓެކްސްޓް ފޮތްތަކުގެ ތެރެއިން ރާއްޖޭގައި އިމްތިޙާން ދޭ މާއްދާތައް ކަމަށްވާ އިސްލާމާއި ދިވެއްސާއި ޤުރުއާން މާއްދާގެ ފޮތްތައް މިހާރެކޭ އެއްގޮތަށް ދަރިވަރުންނަށް ޕްރިންޓްކޮށްފައި ދޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *