މުޙްޔިއްދީން ސްކޫލުން ޒަކާތާއި ޞަދަޤާތް ދިނުމުގެ އަހައްމިއްޔަތުކަން ދައްކުވައިދިނީ ދަރިވަރުންގެ ރޯލް-ޕްލޭއަކުން

މުޙްޔިއްދީން ސްކޫލުގެ ދަރިވަރުން، އިސްލާމްދީނުގައި ޒަކާތާއި ޞަދަޤާތަށް ދެވިފައިވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ރޯލްޕްލޭގެ ތެރެއިން؛-ފޮޓޯ/ މުޙްޔިއްދީން ސްކޫލް

މުޙްޔިއްދީން ސްކޫލުން، މި ހަފްތާ ޙާއްސަކޮށްލައިފައިވަނީ އިސްލާމްދިނުގައި ޒަކާތް އަދި ޞަދަޤާތަށް ދެވިފައިވާ އަހައްމިއްޔަތުގެ މައްޗަށެވެ. އެހެންކަމުން، މި ސްކޫލުގެ މި ހަފްތާގެ އެސެމްބްލީވެސް ޙާއްސަކޮށްލެވިފައި މިވަނީ މި ކަމަށެވެ.

މުޙްޔިއްދީން ސްކޫލުގެ ދަރިވަރުން، އިސްލާމްދީނުގައި ޒަކާތާއި ޞަދަޤާތަށް ދެވިފައިވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ރޯލްޕްލޭގެ ތެރެއިން؛-ފޮޓޯ/ މުޙްޔިއްދީން ސްކޫލް

މުޙްޔިއްދީން ސްކޫލުގެ ހުރިހާ ކީސްޓޭޖުތަކެއްގެ އެސެމްބްލީ މި ދެކަމުގެ މުހިއްމުކަމުގެ މައްޗަށް ހާއްސަކުރެވިފައިވާއިރު، މި ކަންތައްތައް ދައްކުވައިދިނީ ދަރިވަރުންގެ ހަރަކާތަކުންނެވެ.

މުޙްޔިއްދީން ސްކޫލުގެ ދަރިވަރުން، އިސްލާމްދީނުގައި ޒަކާތާއި ޞަދަޤާތަށް ދެވިފައިވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ރޯލްޕްލޭގެ ތެރެއިން؛-ފޮޓޯ/ މުޙްޔިއްދީން ސްކޫލް

އެ ސްކޫލުގެ ދަރިވަރުންގެ ރޯލް-ޕްލޭއަކުން، ޒަކާތާއި ޞަދަޤާތުގެ އަހައްމިއްޔަތުކަން ދައްކުވާދިން އިރު، މި ކަމުގެ މައްޗަށް ހެދިފައިވާ ދަރުސްތައް، ވީޑިއޯ މެދުވެރިކޮށް ދައްކާފައިވެއެވެ.

މުޙްޔިއްދީން ސްކޫލުގެ ދަރިވަރުން، އިސްލާމްދީނުގައި ޒަކާތާއި ޞަދަޤާތަށް ދެވިފައިވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ރޯލްޕްލޭގެ ތެރެއިން؛-ފޮޓޯ/ މުޙްޔިއްދީން ސްކޫލް

މިއީ، ރަމަޟާން މަހާ ގުޅިގެން، ދަރިވަރުން ދީނީ ކަންކަމަށް ލޯ ހުޅުވައި، އެކަންކަމަށް އަހުލުވެރި ކުރުމަށް ގެންދެވޭ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. މިފަދަ ހަރަކާތްތައް ދަރިވަރުން އަމިއްލައަށް ކުރިއަށްދެންދިޔުމުން، ދަރިވަރުންނަށް އެކަންތައްތައް ދަސްވެ، ދީނީ ކަންކަމަށް އޮންނަ ލޯބި އިތުރުވެގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *