މުޙްޔިއްދީން ސްކޫލުން، މި ހަފްތާ ޙާއްސަކޮށްލައިފައިވަނީ އިސްލާމްދިނުގައި ޒަކާތް އަދި ޞަދަޤާތަށް ދެވިފައިވާ އަހައްމިއްޔަތުގެ މައްޗަށެވެ. އެހެންކަމުން، މި ސްކޫލުގެ މި ހަފްތާގެ އެސެމްބްލީވެސް ޙާއްސަކޮށްލެވިފައި މިވަނީ މި ކަމަށެވެ.

މުޙްޔިއްދީން ސްކޫލުގެ ހުރިހާ ކީސްޓޭޖުތަކެއްގެ އެސެމްބްލީ މި ދެކަމުގެ މުހިއްމުކަމުގެ މައްޗަށް ހާއްސަކުރެވިފައިވާއިރު، މި ކަންތައްތައް ދައްކުވައިދިނީ ދަރިވަރުންގެ ހަރަކާތަކުންނެވެ.

އެ ސްކޫލުގެ ދަރިވަރުންގެ ރޯލް-ޕްލޭއަކުން، ޒަކާތާއި ޞަދަޤާތުގެ އަހައްމިއްޔަތުކަން ދައްކުވާދިން އިރު، މި ކަމުގެ މައްޗަށް ހެދިފައިވާ ދަރުސްތައް، ވީޑިއޯ މެދުވެރިކޮށް ދައްކާފައިވެއެވެ.

މިއީ، ރަމަޟާން މަހާ ގުޅިގެން، ދަރިވަރުން ދީނީ ކަންކަމަށް ލޯ ހުޅުވައި، އެކަންކަމަށް އަހުލުވެރި ކުރުމަށް ގެންދެވޭ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. މިފަދަ ހަރަކާތްތައް ދަރިވަރުން އަމިއްލައަށް ކުރިއަށްދެންދިޔުމުން، ދަރިވަރުންނަށް އެކަންތައްތައް ދަސްވެ، ދީނީ ކަންކަމަށް އޮންނަ ލޯބި އިތުރުވެގެންދެއެވެ.
advertisment
ހިޔާލު