ތަޢުލީމުގެ ޤާނޫނުގެ ދަށުން ހަދާ އާންމު ޤަވާއިދު އެކުލަވައިލުމުގެ މަޝްވަރާތައް ފަށައިފި

ތަޢުލީމުގެ ޤާނޫނުގެ ދަށުން ހަދާ އާންމު ޤަވާއިދު އެކުލަވައިލުމުގެ މަޝްވަރާކުރަނީ؛-ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ތަޢުލީމުގެ ޤާނޫނުގެ ދަށުން ހަދާ އާންމު ޤަވާއިދު އެކުލަވައިލުމުގެ މަސައްކަތްތަކާގުޅޭ މަޝްވަރާކުރުންތައް ފަށައިފިއެވެ. މި މަޝްވަރާތަކުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ އާއި މިނިސްޓްރީގެ ސީނިއަރ މެނޭޖްމެންޓް ޓީމުން ބައިވެރިވެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި 'ރިޓްރީޓް’ގެ މަޝްވަރާކުރުންތައް ކުރިއަށްދަނީ، އއ.އުކުޅަސް ކޮންވެންޝަން ސެންޓަރގައެވެ.

ތަޢުލީމުގެ ޤާނޫނުގެ ދަށުން ހަދާ އާންމު ޤަވާއިދު އެކުލަވައިލުމުގެ މަޝްވަރާކުރަނީ؛-ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ތަޢުލީމުގެ ޤާނޫނުގެ ދަށުން ހަދާ އާންމު ޤަވާއިދު އެކުލަވައިލުމުގެ މަޝްވަރާތައް ކުރުމުގެ މި ބައްދަލުވުން ފެށިފައިވަނީ އިއްޔެއެވެ.

އއ.އުކުޅަހު ސްކޫލަށް ކުރި ޒިޔާރާތުގައި؛- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

އއ.އުކުޅުހަށް ކުރެއްވި މި ދަތުރުފުޅުގައި، މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ އއ.އުކުޅަހު ސްކޫލަށް ޒިޔާރަތްކުރައްވާ އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *