ތަޢުލީމުގެ ޤާނޫނުގެ ދަށުން ހަދާ އާންމު ޤަވާއިދު އެކުލަވައިލުމުގެ މަސައްކަތްތަކާގުޅޭ މަޝްވަރާކުރުންތައް ފަށައިފިއެވެ. މި މަޝްވަރާތަކުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ އާއި މިނިސްޓްރީގެ ސީނިއަރ މެނޭޖްމެންޓް ޓީމުން ބައިވެރިވެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި 'ރިޓްރީޓް’ގެ މަޝްވަރާކުރުންތައް ކުރިއަށްދަނީ، އއ.އުކުޅަސް ކޮންވެންޝަން ސެންޓަރގައެވެ.

ތަޢުލީމުގެ ޤާނޫނުގެ ދަށުން ހަދާ އާންމު ޤަވާއިދު އެކުލަވައިލުމުގެ މަޝްވަރާތައް ކުރުމުގެ މި ބައްދަލުވުން ފެށިފައިވަނީ އިއްޔެއެވެ.

އއ.އުކުޅުހަށް ކުރެއްވި މި ދަތުރުފުޅުގައި، މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ އއ.އުކުޅަހު ސްކޫލަށް ޒިޔާރަތްކުރައްވާ އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.
advertisment
ހިޔާލު