ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10އެއްގެ ޓްރެވެލް އެންޑް ޓުއަރިސްމް ކިޔަވާ ދަރިވަރުން، ފުވައްމުލައް ނޭޗަރ ޕާކަށް ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރާތުގައި، ނޭޗަރ ޕާކުގެ ފަރާތްތަކުން ވަނީ ފުވައްމުލަކުގައި ހުންނަ ވެޓްލޭންޑްސް ތަކުގެ މަޢުލޫމާތާއި، މި ބިންތައް އުފެދިފައިވާ ގޮތުގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.

ހަމަމިއާއެކު، ފަތުރުވެރިންނަށް މި ތަންތަނުން ދޭ ޙިދުމަތްތަކާއި، މިފަދަ ތަންތަނުގައި އުޅުމުގައި ނަގަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާއި ޤަވާއިދުތައްވެސް ދަރިވަރުންނަށް ހިއްސާކޮށްފައިވެއެވެ.

މި ސެޝަންތަކަށް ފަހު، ދަރިވަރުންނަށް ލޭކުގައި ފެތުމާއި، ކެނޯދުއްވުމާއި ޕެޑަލް ބޯޓު ދުއްވުމުގެ ތަޖުރިބާވަނީ ދެވިފައެވެ. މި ކަންތައްތަކަކީ ދަރިވަރުން ވަރަށް ޝައުޤުވެރިވި ކަންތައްތައްކަންވެސް ނޭޗަރ ޕާކުންވަނީ ފާހަގަކޮށްފައެވެ.
މި ޒިޔާރާތުގައި ގާތްގަނޑަކަށް 21 ދަރިވަރުންވަނީ ބައިވެރިވެފައެވެ.
advertisment
ހިޔާލު