ޏ.އޭއީސީގެ އެސްއެސްސީ ދަރިވަރުން ފުވައްމުލައް ނޭޗަރ ޕާކަށް ޒިޔާރަތްކޮށްފި

ޏ.އޭއީސީގެ ދަރިވަރުން ފުވައްމުލައް ނޭޗަރ ޕާކަށް ކުރި ޒިޔާރަތުގައި؛- ފޮޓޯ// ފުވައްމުލައް ނޭޗަރ ޕާކް

ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10އެއްގެ ޓްރެވެލް އެންޑް ޓުއަރިސްމް ކިޔަވާ ދަރިވަރުން، ފުވައްމުލައް ނޭޗަރ ޕާކަށް ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރާތުގައި، ނޭޗަރ ޕާކުގެ ފަރާތްތަކުން ވަނީ ފުވައްމުލަކުގައި ހުންނަ ވެޓްލޭންޑްސް ތަކުގެ މަޢުލޫމާތާއި، މި ބިންތައް އުފެދިފައިވާ ގޮތުގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.

ޏ.އޭއީސީގެ ދަރިވަރުން ފުވައްމުލައް ނޭޗަރ ޕާކަށް ކުރި ޒިޔާރަތުގައި؛- ފޮޓޯ// ފުވައްމުލައް ނޭޗަރ ޕާކް

ހަމަމިއާއެކު، ފަތުރުވެރިންނަށް މި ތަންތަނުން ދޭ ޙިދުމަތްތަކާއި، މިފަދަ ތަންތަނުގައި އުޅުމުގައި ނަގަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާއި ޤަވާއިދުތައްވެސް ދަރިވަރުންނަށް ހިއްސާކޮށްފައިވެއެވެ.

ޏ.އޭއީސީގެ ދަރިވަރުން ފުވައްމުލައް ނޭޗަރ ޕާކަށް ކުރި ޒިޔާރަތުގައި؛- ފޮޓޯ// ފުވައްމުލައް ނޭޗަރ ޕާކް

މި ސެޝަންތަކަށް ފަހު، ދަރިވަރުންނަށް ލޭކުގައި ފެތުމާއި، ކެނޯދުއްވުމާއި ޕެޑަލް ބޯޓު ދުއްވުމުގެ ތަޖުރިބާވަނީ ދެވިފައެވެ. މި ކަންތައްތަކަކީ ދަރިވަރުން ވަރަށް ޝައުޤުވެރިވި ކަންތައްތައްކަންވެސް ނޭޗަރ ޕާކުންވަނީ ފާހަގަކޮށްފައެވެ.

މި ޒިޔާރާތުގައި ގާތްގަނޑަކަށް 21 ދަރިވަރުންވަނީ ބައިވެރިވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *