"ކޮންމެ ކުއްޖަކަށްވެސް ވާހަކަ ދެއްކޭނެ" މި ނަމުގައި ދ. ބަނޑިދޫ ސްކޫލުގައި ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިއީ ކާނަލް ނަޝީދު އިސްނަންގަވައިގެން ބަނޑިދޫ ސްކޫލާއި ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މިއީ ކޮންމެ ދަރިވަރަކަށްވެސް ވާހަކަ ދެއްކުމުގެ ހުނަރު ތަނަވަސްކޮށްދިނުމަށްޓަކައި ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކެކެވެ.
މިހާރުވެސް ރާއްޖޭގެ ވަރަށް ގިނަ ސްކޫލްތަކަށް މިފަދަ ޕްރޮގްރާމް އަންނަނީ ހިންގަމުންނެވެ. ބަނޑިދޫ ސްކޫލުން ފާހަގަކުރާ ގޮތުން ސްކޫލުގެ ފަރާތުން ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ތަމްސީލުކުރާ ދަރިވަރުންނަށްވެސް މިފަދަ ޓްރެއިނިންގތަކުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބެމުންދާނެއެވެ.

މި ޕްރޮގަރާމްގައި އެ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ކާނަލް ނަޝީދު ވަނީ ބަނޑިދޫ ސްކޫލުން މިފަދަ ޕްރޮގްރާމެއް ދަރިވަރުންނަށް ހިންގުމަށް ފުރުސަތު ދެއްވިކަމަށްޓަކައި ސްކޫލްުގެ ސީނިއަރ މެނޭޖްމަންޓަށާއި ބެލެނިވެރިން އަދި ދަރިވަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. މި ޓްރެއިންގެ ޕްރޮގްރާމްއަކީ ވަރަށް ކާމިޔާބު ޓްރެއިނިންގ ޕްރޮޮގްރާމެއްކަމަށް ސްކޫލުން ވަނީ ފާހަގަކޮށްފައެވެ.
advertisment
ހިޔާލު