ބަނޑިދޫ ސްކޫލުގައި ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

"ކޮންމެ ކުއްޖަކަށްވެސް ވާހަކަ ދެއްކޭނެ" މި ނަމުގައި ދ. ބަނޑިދޫ ސްކޫލުގައި ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ކާނަލް ނަޝީދު ބަނޑިދޫ ސްކޫލްގައި ހިންގެވި ޓްރެއިނިންގގެ ތެރެއިން. ފޮޓޯ: ބަނޑިދޫ ސްކޫލު

މިއީ ކާނަލް ނަޝީދު އިސްނަންގަވައިގެން ބަނޑިދޫ ސްކޫލާއި ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މިއީ ކޮންމެ ދަރިވަރަކަށްވެސް ވާހަކަ ދެއްކުމުގެ ހުނަރު ތަނަވަސްކޮށްދިނުމަށްޓަކައި ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކެކެވެ.

މިހާރުވެސް ރާއްޖޭގެ ވަރަށް ގިނަ ސްކޫލްތަކަށް މިފަދަ ޕްރޮގްރާމް އަންނަނީ ހިންގަމުންނެވެ. ބަނޑިދޫ ސްކޫލުން ފާހަގަކުރާ ގޮތުން ސްކޫލުގެ ފަރާތުން ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ތަމްސީލުކުރާ ދަރިވަރުންނަށްވެސް މިފަދަ ޓްރެއިނިންގތަކުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބެމުންދާނެއެވެ.

ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ ޓްރެއިނިންގ ތެރެއިން.ފޮޓޯ: ބަނޑިދޫ ސްކޫލު 

މި ޕްރޮގަރާމްގައި އެ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ކާނަލް ނަޝީދު ވަނީ ބަނޑިދޫ ސްކޫލުން މިފަދަ ޕްރޮގްރާމެއް ދަރިވަރުންނަށް ހިންގުމަށް ފުރުސަތު ދެއްވިކަމަށްޓަކައި ސްކޫލްުގެ ސީނިއަރ މެނޭޖްމަންޓަށާއި ބެލެނިވެރިން އަދި ދަރިވަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. މި ޓްރެއިންގެ ޕްރޮގްރާމްއަކީ ވަރަށް ކާމިޔާބު ޓްރެއިނިންގ ޕްރޮޮގްރާމެއްކަމަށް ސްކޫލުން ވަނީ ފާހަގަކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *