އަރަބިއްޔާ ސްކޫލަށް އާ ޑެޕިއުޓީ ޕްރިންސިޕަލަކު ހަމަޖައްސައިފި

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ހަމަޖައްސައިފިއެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު ޑެޕިޔުޓީ ޕްރިންސިޕަލް، އަލްއުސްތާޛާ އައިޝާ އަޒްމާ؛- ފޮތޯ: ޢަރަބިއްޔާ ސްކޫލް

 

އަލަށް ޢަރަބިއްޔާ ސްކޫލަށް ހަމަޖައްސާފައިވާ ޑެޕިއުޓީ ޕްރިންސިޕަލަކީ އަލްއުސްތާޛާ އައިޝާ އަޒްމާ އެވެ. މީގެ ކުރިން އަޒްމާ މަސައްކަތް ކުރައްވަމުން ގެންދެވީ ޢަރަބިއްޔާ ސްކޫލުގެ ލީޑިންގް ޓީޗަރެއެއްގެ މަޤާމެވެ.

ޢަރަބިއްޔާ ސްކޫލްގެ މިހާރުގެ ޑެޕިޔުޓީ ޕްރިންސިޕަލް އަޒްމާ މަތީ ތަޢުލީމް ހާސިލް ކުރައްވާފައިވަނީ މިސްރުގެ އަޒްހަރު އުނިވަރސިޓީންނެވެ. މިހާތަނަށް ޢަރަބިއްޔާ ސްކޫލުގެ ލީޑިންގް ޓީޗަރެއްގެ މަޤާމުގައި ހުންނަވައިގެން ވަނީ ސްކޫލަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ސުކޫލުން ވަނީ ޑެޕިއުޓީ ޕްރިންސިޕަލް އަޒްމާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އިއްޔެ އެމަޤާމު މިނިސްޓްރީން ހަމަޖެހިގެން ދިއުމާއި އެކު މަޤާމް ލިބުނު ކަމުގެ ލިޔުން ޑެޕިޔުޓީ ޕްރިންސިޕަލް އަޒްމާއާއި ހަވާލުކޮށްދެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް ސުޖާއު އަބްދުއްރަހީމްއެވެ. ސްކޫލުގެ ޕްރިންސިޕަލް ސުޖާއު އަބްދުއް ރަހީމްއާއި ސީނިއާ މެނޭޖްމަންޓް ބޭފުޅުންނާއި ޓީޗަރުން އަދި ދަރިވަރުން ވަނީ ޑެޕިޔުޓީ ޕްރިންސިޕަލްއަށް މަރްހަބާކިޔާފައެވެ. އެ ސުކޫލުން އެދެނީ ޑެޕިޔުޓީ ޕްރިންސިޕަލް އަޒްމާގެ މޭސްތިރި ކަމުގެ ދަށުގައި ޢަރަބިއްޔާ ސްކޫލަށާއި ދަރިވަރުންނަށް ގިނަ ކާމިޔާބީ ތަކެއް ލިބިގެން ދިއުމެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *