ބޮޑުފޮޅުދޫ ސްކޫލުން ދީނީ ސުވާލު މުބާރާތުގެ ދެވަނަ ބުރު ނިންމާލައިފި

ބޮޑުފޮޅުދޫ ސްކޫލުން، ދީނީ ސުވާލު މުބާރާތް 1443ގެ ދެވަނަ ބުރު ކުރިއަށް ގެންގޮސްފިއެވެ. މި ބުރު ކުރިއަށްގެންގޮސްފައިވަނީ އިއްޔެ، ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

މި ބުރުގައި ދަރިވަރުންނަށް ވަނީ ވިހި ސުވާލެއް ކޮށްފައެވެ. މި ވިހި ސުވާލަކީ ގުރުއަތުން ނެގޭ ވިހި ސުވާލެވެ.

ދީނީ ސުވާލު މުބާރާތުގެ ތެރެއިން؛- ފޮޓޯ: ބޮޑުފޮޅުދޫ ސްކޫލް

ދީނީ ސުވާލު މުބާރާތުގެ ފުރަތަމަ ބުރު މިދިޔަ އާދީއްތަ ދުވަހު ނިމިފައިވާއިރު، އެ ބުރަކީ ކްލާސް ތެރޭ ބުރެއްކަމަށް ބޮޑުފޮޅުދޫ ސްކޫލްގެ ލީޑިންގ ޓީޗަރ މަދީހާ އަޙްމަދު ވިދާޅުވިއެވެ. އެގޮތުން 100 ސުވާލުގެތެރެއިން، 10 ސުވާލެއް ކޮންމެ ކުއްޖަކާ ކޮށްފައިވާ ކަމަށްވެސް މަދީހާ ވިދާޅުވިއެވެ. އަދި މީގެތެރެއިން، ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބުދިން ދަރިވަރުން، މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ދީނީ ސުވާލު މުބާރާތުގެ ތެރެއިން؛- ފޮޓޯ: ބޮޑުފޮޅުދޫ ސްކޫލް

ދެވަނަ ބުރަށް ފަހު، މި މުބާރާތުގެ ތިންވަނަ ބުރު ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ މި މުބާރާތުގެ އެންމެ ފަހު ބުރެވެ. މި ބުރަކީ ސްޕީޑް ރައުންޑެވެ.

ދީނީ ސުވާލު މުބާރާތަކީ މި އަހަރު އަލަށް، މި ސްކޫލުގައި ބޭއްވިގެންދާ މުބާރާތެކެވެ. ނަމަވެސް އަހަރީ މުބާރާތެއްގެ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ވިސްނަމުުންދާކަމަށް، ލީޑިންގ ޓީޗަރ މަދީހާ އަޙްމަދު ވިދާޅުވިއެވެ.

ދީނީ ސުވާލު މުބާރާތުގެ ތެރެއިން؛- ފޮޓޯ: ބޮޑުފޮޅުދޫ ސްކޫލް

މި މުބާރާތަކީ އިސްލާމް ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ގްރޭޑް ހަތަރަކުން ދިހައެއްގެ ދަރިވަރުން މުބާރާތުގައި ބައިވެރިވެފައިވާއިރު، ޖުމްލަ 44 ދަރިވަރުން މި މުބާރާތުގައި ވާދަކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *