ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެޕްލިކޭޝަނެއް

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެޕްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މި އެޕަކީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ކުދިންނަށް ކިޔަވައިދިނުމަށް ތައްޔާރުކުރެވޭ އެޕެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ "ޝާމިލް އަޑު"ގެ ނަން ދީފައިވާ މި އެޕްލިކޭޝަންގެ މަސައްކަތް ވަރަށް ހަލުވިކަމާއިއެކު ކުރެވެމުންދާ ކަމަށާއި ވަރަށް އަވަހަށް މި އެޕް އިފްތިތާހް ކުރެވޭނެކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިއަހަރަކީ ތައުލީމި ދާއިރާއަށް ގިނަ ކުރިއެރުންތަކެއް އައިސްފައިވާ އަހަރެއް ކަމަށާއި އެ ގޮތުން ސެޓެލައިޓް ސްކޫލް ތިން ރަށެއްގައި ގާއިމްކުރުމަކީ ތައުލީމީ ދާއިރާއަށް ލިބިގެން ދިޔަ ވަރަށް ބޮޑުކާމިޔާބީއެއް ކަމަށެވެ.  ވ. ތިނަދޫ، ވ. ރަކީދޫ އަދި ބ. ފެހެންދޫގައި ވަނީ ސެޓެލައިޓް ސްކޫލްތައް ތައާރަފް ކުރެވިފައެވެ. މިހާރު އެކުދިން ކިޔަވަމުން އަންނަނީ ރަށުގައި ތިބެގެން ރެހެންދި ސްކޫލްގެ ޓީޗަރުންނާއިއެކު ސެޓެލައިޓް މެދުވެރިކޮށެވެ.

މީގެ ކުރިން މިރަށްތަކުގެ ދަރިވަރުން ޖެހެނީ ކިޔެވުމަށް އެހެންރަށްތަކަށް ދަތުރުކުރާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *