ބ.އޭދަފުށި، އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން މެދުކެޑުމަށްފަހު، އަލުން ސްކޫލަށް ހާޒިރުވެގެން ކިޔަވައިދޭން ފަށައިފިއެވެ.
ކޮވިޑުގެހާލަތާއި ގުޅިގެން އަދި އޭދަފުށި މޮނިޓަރިންގައި އޮތުމާއިއެކު ބ އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން މެދުކަޑާލާފަ އޮތުމަށްފަހު، އަލުން ގްރޭޑް 1-6 އަށް ސްކޫލަށް ހާޒިރުވެގެން ކިޔަވައިދޭން އިއްޔެއިން ފަށައިގެން ކުރިއަށް ދެއެވެ.
ސްކޫލުގެ ފަރާތުން އެ ސްކޫލުގެ ބެލެނިވެރިންނަށް އަންގަވާފައިވާ ގޮތުގައި އެ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުން ފިޔަވައި އެހެން ގްރޭޑްތަކަށް ޓައިމްޓޭބަލްއާއި އެއްގޮތަށް ކިޔެވުން ކުރިއަށް ދާނެއެވެ.
މި ޓަރމް ފެށުނު ހަފްތާތެރޭގަ އޭދަފުށީގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދިއުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދިޔަ މަހު 23 ވަނަ ދުވަހު ގްރޭޑް ހައަކުން ފެށިގެން ދަށް ގްރޭޑްގެ ކްލާސްތަކަށް ކިޔަވައި ދެމުން އައީ އޮންލައިން ކޮށެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ރަށް މޮނިޓަރިންގައި އޮތުމަށްފަހު، ލުއިދިނުމަށް ނިންމާފައިވާ ކަމަށް ކޮމިޓީއިން ބުނެއެވެ. އެގޮތުން ކަސްރަތު ހަރަކާތްތައް ހަވީރު 4-5 އަށް ކުރިއަށް ގެންދަން ވަނީ ހުއްދަ ދިފައެވެ.
ކައުންސިލުން ބުނާ ގޮތުގައި މިހާތަނަށް 79 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ.
advertisment
ހިޔާލު