ދިވެހި ބަހުގެ އެކަޑަމީގެ "ތުއްރަވާސް" ސެޝަންތަކެއް ނ.އަތޮޅު ސްކޫލުގެ ދަރިވަރުންނަށް

"ތުއްރަވާސް" ސެޝަނުގެ ތެރެއިން؛- ފޮޓޯ: ނ.އަތޮޅު ސްކޫލް

ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން، ނ. އަތޮޅު ސްކޫލުގެ ދަރިވަރުންނަށް "ތުއްރަވާސް"ގެ ނަމުގައި ސެޝަންތަކެއް ކުރިއަށްގެންގޮސްފިއެވެ.

މި ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ ތިނަކުން ތިން ދުވަހުގެ މުއްދަތަށެވެ.

"ތުއްރަވާސް" ސެޝަނުގެ ތެރެއިން؛- ފޮޓޯ: ނ.އަތޮޅު ސްކޫލް

މި ސެޝަން ބޮޑަށް އަމާޒުކޮށްފައިވަނީ ކީސްޓޭޖް 2 (ގްރޭޑް 4،5،6) ދަރިވަރުންނަށް ނަމަވެސް، ގްރޭޑް ހަތަރަކުން މަތީގެ ހުރިހާ ދަރިވަރުން މި ސެޝަނުގައި ބައިވެރިވެފައިވެއެވެ.

"ތުއްރަވާސް" ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން ވާހަކަފުޅުދައްކަވާފައިވަނީ، އެކަޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް އަބްދުއްރަޙްމާނެވެ.

"ތުއްރަވާސް" ސެޝަނުގެ ތެރެއިން؛- ފޮޓޯ: ނ.އަތޮޅު ސްކޫލް

މި ސެޝަނުގެ ފުރަތަމަ ބައިގައި ރާއްޖޭގައި މީހުން ވަޒަންވެރިވި ގޮތްތަކާއި ކުރީގެ އާސާރީ ތަކެއްޗާއި ތަންތަނާ ބެހޭގޮތުން މަޢުލޫމާތުދެއްވީ ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުއްﷲ ސަޢީދެވެ.

"ތުއްރަވާސް" ގެ ދެވަނަ ސެޝަން މުޙައްމަދު ދީދީ ކުރިއަށް ގެންދެވިއިރު ރާއްޖެ އިސްލާމްވުމުގެ ކުރިންނާއި ފަހުން ކަންހިނގައި ދިޔަ ގޮތާ ބެހޭ ގޮތުން ވަނީ މަޢުލޫމާތުދެއްވާފައެވެ.

"ތުއްރަވާސް" ސެޝަނުގެ ތެރެއިން؛- ފޮޓޯ: ނ.އަތޮޅު ސްކޫލް

މި ސެޝަނުގެ އެންމެ ފަހު ބައިގައި މަޢުލޫމާތު ދީފައިވަނީ ބަސް އުފެދިގެން އައި ގޮތްތަކާއި، ރާއްޖޭގެ ސަގާފީ ބައެއް އާދަކާދައާ ބެހޭ ގޮތުންނެވެ. މި ބައި ކުރިއަށްގެންދެވީ އާޠިފާ ޒަކަރިއްޔާއެވެ.

"ތުއްރަވާސް" އަކީ، ދިވެހިބަހުގެ އެކަޑަމީން އިންތިޒާމުކޮށް، ނ.އަތޮޅު ސްކޫލުގެ އިތުރުން، އެ އަތޮޅު އެހެން ސްކޫލުތަކަށްވެސް ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަހާސިންތާއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *