ނ.އަތޮޅު ސްކޫލު މަދަހަ މުބާރާތް ނިންމާލައިފި

ނ.އަތޮޅު ސްކޫލު މަދަހަ މުބާރާތް 1443 ނިންމާލައިފިއެވެ.

މިދިޔަ މަހު 29 ން މި މަހު ދެއަކަށް ނިންމާލި މަދަހަ މުބާރާތް ބާއްވާފައިވަނީ ނ.އަތޮޅު ސްކޫލް ހޯލުގައެވެ.

ދަރިވަރަކު މަދަހަ ކިޔަނީ؛- ފޮޓޯ؛ ނ.އަތޮޅު ސްކޫލް

މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދަންފަޅިތަކަކަށް ބަހާލެވިގެންނެވެ. ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި މުބާރާތް، ހޮނިހިރު ދުވަހު ހަތަރު ދަންފަޅިއަކަށް ކުރިއަށްގެންދިޔައިރު، ބާކީ ދުވަސްތައް ގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ސްކޫލުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ފުރުސަތު ދީފައިވާއިރު، މީގެ ތެރޭގައި ޕްލޭސްކޫލުގެ ދަރިވަރުންވެސް ހިމެނެއެވެ. ޖުމްލަ 285 ދަރިވަރުން މަދަހަ މުބާރާތުގައި ބައިވެރިވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *