ސްކޫލުތަކުގެ ޢުމްރާނީ ވަސީލަތްތައް، ސަރުކާރުން ބިނާކުރަމުން ގެންދިޔުމުގެ އެންމެ މުހިއްމު މަޤްސަދަކީ، ސްކޫލުތައް އެއްދަންފަޅިއަކަށް ބަދަލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ސްކޫލުތަކުގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މީގެ ތެރޭގައި 55 ސްކޫލެއްގެ 500 ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ހިމެނޭކަމަށެވެ.
ހަމަމިއާއެކު، 23 ސްކޫލެއް މުޅިން އަލަށް އެއްދަންފަޅިއަކަށް ބަދަލުކުރެވިފައިވާއިރު، ނިމިދިޔަ އަހަރު 22 ސްކޫލެއްގެ 117 ކްލާސްރޫމާއި 6 މަލްޓިޕާޕަސް ހޯލުގެ ޢީމާރާތް ކުރުން ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި އިތުރު، 55 ސްކޫލެއްގެ 473 ކްލާސްރޫމާއި 27 މަލްޓިޕާޕަސް ހޯލުގެ މަސައްކަތްތައް ހިނގަމުންދާކަމަށްވެސް ރައީސް ޞާލިހް ހާމަކުރެއްވިއެވެ.
އެމަނިކުފާނު ވަނީ، މިކަމަށް ޖުމްލަ 948 މިލިއަން ރުފިޔާ ހަރަދުވާނެކަމަށްވެސް ވިދާޅުވެފައެވެ.
މީގެއިތުރުން، ކުޑަކުޑަރަށެއްގެ ދަރިވަރަކަށްވުމުން، ހަމަހަމަ ފުރުޞަތުތަކުން މަޙްރޫމްވާން ނުޖެހޭނެކަމަށް ވިދާޅުވެ، އެމަނިކުފާނުވަނީ ބ.ފެހެންދޫ އަދި ވ.ތިނަދޫގެ ދަރިވަރުންނަށް ސެޓެލައިޓް ސްކޫލުގެ ޚިދުމަތްތައް މުޅިން އަލަށް މިއަހަރު ފަށާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.
advertisment
ހިޔާލު