ކެނދިކުޅުދޫ ސްކޫލުގެ ޕަރކިންގ ޒޯނުގެ މަސައްކަތް ނިންމާލައިފި

ކެނދިކުޅުދޫ ސްކޫލުގެ ޕަރކިންގ ޒޯނުގެ މަސައްކަތް ނިންމާލުން؛- ފޮޓޯ: ކެނދިކުޅުދޫ ސްކޫލް

ކެނދިކުޅުދޫ ސްކޫލުގެ ޕާރކިންގ ޒޯނުގެ މަސައްކަތް ނިންމާލައިފިއެވެ.

15 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމާލައިފައިވާ، މި ޕަރކިންގ ޒޯނަކީ، ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކީ ނިންމާލެވުނު މަސައްކަތެއްކަން، އެ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝަރީފް ފާހަގަކުރެއްވިއެވެ.

ކެނދިކުޅުދޫ ސްކޫލުގެ ޕަރކިންގ ޒޯނު ހެދުމުގެ މަސައްކަތުގެ ތެރެއިން؛- ފޮޓޯ: ކެނދިކުޅުދޫ ސްކޫލް

ޕަރކިންގ ޒޯނުގެ މަޝްރޫޢުގެ މަސައްކަތަށް، މާލީ އެހީތެރިކަން ފޯރުކޮށްދެއްވާފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑެވެ. މި މަޝްރޫޢުގެ އެހެނިހެން މަސައްކަތްތައް ކޮށްދެއްވާފައިވަނީ ފެނަކަ ޕްރޮޖެކްޓްގެ ފަރާތުންނެވެ. މީގެއިތުރުން، ސްކޫލުގެ މުވައްޒަފުންނާއި ޕީޓީއޭގެ ފަރާތުން ލިބުނު އެހީ ޕްރިންސިޕަލް ފާހަގަކުރިއެވެ.

މި ޕަރކިންގ ޒޯނަކީ 100ފޫޓު 9ފޫޓުގެ ޒޯނެކެވެ.

ކެނދިކުޅުދޫ ސްކޫލުގެ ޕަރކިންގ ޒޯން؛- ފޮޓޯ: ކެނދިކުޅުދޫ ސްކޫލް

ސްކޫލުގެ ޢުމްރާނީ ތަރައްޤީއަށް އިތުރު މަޝްރޫޢޫތައްވެސް މި ސްކޫލުގައި ހިންގުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ސްކޫލުގެ ކެންޓީން އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، ސްކޫލް ޓަރފް އަދި ވޯކްވޭ ވަނީ މިދިޔަ މަހު ނިންމާފައެވެ.

ހަމަމިއާއެކު، ސްކޫލުގެ ކްލާސްރޫމްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތާއި، ބެލެނިވެރިންގެ ހިޔާ އެޅުމުގެ މަސައްކަތާއި، އޯލެވެލް އަދި އޭލެވެލް ހަދާ ދަރިވަރުންގެ ވަރކްޝޮޕް އަދި ޓްރެއިނިންގތައް ބޭއްވުމުގެ މަސައްކަތްތަކަކީ މި ސްކޫލުން ކުރުމަށް ނިންމައިފައިވާ ކަންތައްތަކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *