ކެނދިކުޅުދޫ ސްކޫލުން އެ ރަށު ކައުންސިލާ ބައްދަލުކޮށްފި

ކެނދިކުޅުދޫ ސްކޫލާއި ރަށު ކައުންސިލާއެކު ކުރިއަށްގެންދިޔަ ސިލްސިލާ ބައްދަލުވުމުގެ ފުރަތަމަ ފިޔަވަހީގެ ބައްދަލުވުން؛- ފޮޓޯ: ކެނދިކުޅުދޫ ސްކޫލް

ނ.ކެނދިކުޅުދޫ ސްކޫލުން އެ ރަށު ކައުންސިލާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމަކީ، ސްކޫލުގެ އެކިއެކި ތަރައްޤީއަށް މަޝްވަރާކުރުމަށް ބޭއްވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ފުރަތަމަ ފިޔަވަހީ ބައްދަލުވުމެކެވެ.

ކެނދިކުޅުދޫ ސްކޫލް އަދި އެ ރަށު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެެރެއިން. ފޮޓޯ: ކެނދިކުޅުދޫ ސްކޫލް

ކެނދިކުޅުދޫ ސްކޫލާއި ކައުންސިލާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި، ސްކޫލް ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢު، ބެލެނިވެރިންގެ ހިޔާގެ މަޝްރޫޢު، އޯލެވެލް އަދި އޭލެވެލް ހަދާ ދަރިވަރުންގެ ވަރކްޝޮޕްތަކާއި ޓްރެއިނިންގތަކާބެހޭ މަޝްވަރާތައް ހިމެނެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ، ސްކޫލް ފަރާތުން ސްކޫލުގެ ޕްރިންސިޕަލް، މުޙައްމަދު ޝަރީފް އަދި ސްކޫލުގެ ސީނިއަރ މެނޭޖްމެންޓްގެ ޓީމެވެ. އަދި ކެނދިކުޅުދޫ ކައުންސިލުގެ ފަރާތުން، ކައުންސިލްގެ ރައީސް މުޙައްމަދު ރައޫފްއެވެ.

ކެނދިކުޅުދޫ ސްކޫލުގެ އެންމެ ފަހުގެ ތަރައްޤީ މަސައްކަތްތަކުގެ ތެރެއިން؛ ސްކޫލް ޓަރފް އަދި ވޯކްވޭ އެޅުން؛- ފޮޓޯ؛ ކެނދިކުޅުދޫ ސްކޫލް

މި މަޝްރޫޢުތަކުގެ ތެރޭގައި، އެންމެ އިސްކަމެއް ދީގެން ނިންމުމަށް މިހާރު ހަމަޖެހިފައިވާ އެއް މަޝްރޫޢަކީ، ބެލެނިވެރިންގެ ހިޔާ އެޅުމުގެ މަޝްރޫޢެވެ. މިއީ، ދަރިވަރުން ބަލައި އައިސް ތިބޭ ވަގުތުގައި، ބެލެނިވެރިން މަޑުކޮއްލައިގެން ތިބޭނެ ހިޔަލެކެވެ.

ކެނދިކުޅުދޫ ސްކޫލަކީ، ސްކޫލުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ސްކޫލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *