އެވިޑް ކޮލެޖުން ކޮންމެ އަހަރެއްގެ ޖެނުއަރީމަހުގެ ސެމިސްޓަރއާއި ގުޅިގެން ހުޅުވާލާ ނައިބް ރަޝާދު ސްކޮލަރޝިޕް ފުރުސަތު، މިއަހަރު ހާސިލްކުރި ފަރާތްތަކަށް ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ.
ނައިބްރަޝާދު ސްކޮލަރޝިޕްއަކީ އެވިޑް ކޮލެޖްގެ ޗެއަރމަން އަބްދުﷲ މުސްތާގް ރަޝާދުގެ ބައްޕާފުޅުގެނަމުގައި އެވިޑް ކޮލެޖުގެ ޗެއަރމަން ކޮންމެ އަހަރަކުވެސް ހުށަހަޅުއްވަމުން އަންނަ ސްކޮލަރޝިޕްގެ ފުރުސަތުތަކެކެވެ.
މި ގޮތުން މިއަހަރު ޖުމްލަ 50 ސްކޮލަރޝިޕްގެ ފުރުސަތު އިއުލާން ކުރެވުނެވެ. އެގެ ތެރެއިން 30 ސްކޮލަރޝިޕް ހާއްސަކުރެވިފައިވަނި ގ.ދ ތިނަދޫގައި ހުންނަ އެވިޑް ކޮލެޖުގެ ކެމްޕަހަށެވެ. 20 ސްކޮލަރޝިޕް ހާއްސަ ކުރެވުނީ މާލޭގައި ހުންނަ އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަހަށެވެ.
މިއަދު ހެދުނު އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަހުގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ސްކޮލަރޝިޕް ލިބުނު ފަރާތަތަކަށް ލިޔުން ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖުގެ ޗެއަރމަން އަބްދުﷲ މުސްތާގް ރަޝާދެވެ. މި ރަސްމިއްޔާތުގައި ސްކޮލަރޝިޕް ފުރުސަތު ލިބުނު ފަރާތްތަކުގެ އިތުރުން ކޮލެޖުގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި އެންމެ ފުޅާ ދައިރާއެއްގައި މަތީ ތައުލީމުގެ ފުރުސަތު ފޯރުކޮށްދޭ އަމިއްލަ އެންމެ ބޮޑު ކޮލެޖެވެ. މިހާރުވެސް އެވިޑް ކޮލެޖުގައި ތަފާތު ދާއިރާތަކުން ތަފާތު ލެވެލްތަކުގެ ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތައުލީމު ހާސިލްކުރަމުން ދެއެވެ. އެވިޑް ކޮލެޖުން ހިންގާ ކޮންމެ ކޯހަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކޮށް ހުއްދަ ލިބިގެން ހިންގާ ފެންވަރު ރަނގަޅު ކޯހެވެ.
advertisment
ހިޔާލު