އުލިގަމު ސްކޫލާއި ހުޅުދުއްފާރު ސްކޫލަށް 20 ކުލާސްރޫމް އިތުރުކުރަނީ

އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން:ފޮޓޯ/އެޑިއުކެޝަން މިނިސްޓްރީ

އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް، އުލިގަމު ސްކޫލާއި ހުޅުދުއްފާރު ސްކޫލަށް ވިހި ކުލާސްރޫމް އިތުރުކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހއ. އުލިގަމު ސްކޫލަށް ގެންނަ އުމްރާނީ ތަރައްގީގެ ތެރޭގައި އަށް ކުލާސްރޫމާއި ސައިންސް ލެބަކާއި އޭވީރޫމެއްގެ އިތުރުން އެ ސްކޫލްގެ ވަށާފާރު ރޭނުމުގެ މަަސައްކަތް ހިމެނޭ ކަމަށެވެ. ރ. ހުޅުއްދުފާރު ސްކޫލްގައި އަޅަނީ 12 ކްލާސް ރޫމްގެ ހިމެނޭ ތިންބުރީގެ އިމާރާތެކެވެ. މި މަސައްކަތްތައް ހަވާލުކޮށްފައި ވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. މައިކްރޯންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ނައިހް ނަޖީބްއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން:ފޮޓޯ/އެޑިއުކެޝަން މިނިސްޓްރީއެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައި ވަނީ ހއ.އުލިގަމު ސްކޫލުގެ މަސައްކަތަށް 12.58 މިލިއަން ރުފިޔާ، ރ.ހުޅުދުއްފާރު ސްކޫލުގެ މަސައްކަތަށް 15.74 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. މި ދެ ސްކޫލްގެ މަސައްކަތްތައް ވެސް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *