އެމްޓީސީއާއި އެމްއެންޔޫއިން މެރިޓައިމް ސަރވައިވަލް ސެންޓަރެއް ހެދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމްޓީސީއާއި އެމްއެންޔޫއިން މެރިޓައިމް ސަރވައިވަލް ސެންޓަރެއް ހެދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސިއީއޯ އާދަމް އާޒިމްއެވެ.  ގައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ މުހައްމަދު ޝަރީފެވެ.

އެމްޓިސީއާއި އެމްއެންޔޫއާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން އެއްބަސްވެވިފައިވާ ކަންތައްތަކުގެ ތެރޭގައި 2000 ކިޔުބިކް މީޓަރުގެ ލޭންޑް ފިލްކުރުމާއި 35 މީޓަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކުރުމާއި 25.7 މީޓަރުގެ ހުރަސް ތޮށީގައި ކޮންކްރީޓް ގައު ޖެހުމާއި2.4 މީޓަރު ދިގުމިން 4.6 މީޓަރުގެ ފުޅާމިނުގެ ރޭންޕެއް ހެދުމުގެ މަސައްކަތާއި، ވައު އެއްސުމަށްފަހު މޫރިންގް ލެޑް ބޮލަރޑް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން އެންވާރަމަންޓް މިނިސްޓްރީން ހަދާ އެންވަރަމެންޓަލް އެސެސްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ. 210 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާ މި އެއްބަސްވުމުގައި މަސައްކަތް ނިންމުމަށް ހަރަދުވާނެ ކަމަށް ލަފާ ކުރާ ބަޖެޓަކީ 59.4 މިލިއަން ރުފިޔާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *