ތުރާކުނު ސްކޫލުގެ "ޕްލޭގްރައުންޑް" ހިޔާކޮށްފި

ހއ ތުރާކުނު ސްކޫލުގެ ޕްލޭގްރައުންޑް ހިޔާ ކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ނިންމާލައިފިއެވެ.

ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުލް ލަތީފު ވިދާޅުވީ ސްކޫލު ޕްލޭގްރައުންޑްގެ މަސައްކަތް ނިންމާލެވިފައިވަނީ ދެ ދުވަހުން ކަމަށެވެ.

މި މަސައްކަތުގައި އެރަށުގެ އާއްމު ރައްޔިތުންނާއި އެރަށުގައި ހަރަކާތްތެރިވާ ޕޮލިސް ޑެސްކްގެ ބޭފުޅުންގެ އެހީތެރިކަން ލިބިގެން ދިޔަކަން ވަނީ ފާހަގަ ކުރައްވާފައެވެ. މި ޕްލޭގްރައުންޑުގައި މިހާރު ކުރިއަށް ހުރީ ކާޕެޓް އެޅުންކަމަށާއި އަދި މިހާރު އެ ދަނޑަށް ބޭނުންވާ ހުރިހާ ސާމާނު ލިބިފައިވާކަމަށް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެތަން ހިޔާ ކުރުމުގައި އަދި އެކި މަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އާއްމު ފަރުދުންނާއި އެރަށު ޕޮލިސް ޑެސްކަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތްތާގައިވެސް އާއްމު ރައްޔިތުންނާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން މިފަދަ އެއްބާރުލުމެއް ލިބޭނެކަމަށް އުއްމީދު ކުރާކަމަށް އެ ކައުންސިލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *