އުރީދޫ މޯލްޑިވްސްގެ ފަރާތުން ޖެންޑަރ މިނިސްޓްރީއަށް ޓެބްލެޓް ހަދިޔާކޮށްފި

އުރީދޫ މޯލްޑިވްސްގެ ފަރާތުން ޖެންޑަރ މިނިސްޓްރީއަށް ޓެބްލެޓް ހަދިޔާކޮށްފިއެވެ.

އުރީދޫއިން ޖެންޑަރ މިނިސްޓްރީއަށް މިފަހަރު ފޯރުކޮށްދީފައިވަނީ 10 ޓެބްލެޓްއެވެ. މި ޓެބްލެޓްތަކާއި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީއެވެ.

އުރީދޫގެ ފަރާތުން މިތަކެތި އެ މިނިސްޓްރީއާއި ހަވާލުކޮށްދެއްވީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒެވެ.

އުރީދޫގެ ފަރާތުން ހަދިޔާކޮށްފައިވާ މި ޓެބްލެތްތައް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންނަށެވެ. އުރީދޫއަކީ އިޖްްތިމާއި އެކިއެކި ކަންކަމުގައި ގިނަ ފަރާތްތަކަށް އެހީތެރިވާ ކުންފުންޏެކެވެ. އުރީދޫގެ ފަރާތުން އަދި ވަކިން ހާއްސަކޮށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ވެދިން އެހީތެރިކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް 194 ކުދިން އެބަތިއްބެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *