ހދ. ކުމުންދޫ ސްކޫލްގެ ދަރިވަރުންގެ މެދުގައި އެރަށު އަންހެނުން ކޮމިޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އަންމާ ފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމް ނިންމައި އެ ޕްރޮގްރާމްގެ ބައިވެރިންނަށް އިނާމުދީފިއެވެ.
އެރަށު އަންހެނުން ކުރިއަރުވާ ކޮމިޓީގެ ރައީސާ ފާތިމަތު ރީނާޒް ވިދާޅުވީ މި ޕްރޮގްރާމްގައި އެރަށު ސްކޫލުގެ 12 ދަރިވަރަކު ބައިވެރިވިކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 7 ގައެވެ. މިފަދަ ޕްރޮގްރާމްތަކުގެ މަގްސަދަކީ ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި އަދި ތަޖުވީމަގަށް ދަރިވަރުން ރީތިކޮށް ގުރުއާން ކިޔަވަން ދަސްކުރުމެވެ.
ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފައިވަނީ އެރަށުގައި ބޭއްވި ހަފްލާއެއްގައެވެ. އަދި އެ ޕްރޮގްރާމްގެ ފަޑިޔާރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކަށް ސެޓްފިކެޓް ހަވަލުކޮށްދެއްވީ އެރަށު ކައުންސިލް މެމްބަރު މަރިޔަމް ސައިދާއެވެ.
މީގެ އިތުރުން އަންހެނުންގެ ކޮމިޓީގެ ނައިބް ރައީސާ ރާޝިދާ މޫސާއާއި ކައުންސިލް މެމްބަރު ނަޝާ އާދަމް ވަނީ ބައިވެރިންނަށް ހަދާނި ލިޔުން ހަވާލުކޮށްދެއްވާފައެވެ. މި ޕްރޮގްރާމްގައި ތަޖުވީދާއި، އަޑާއި، ރާގު އަދި އެކުއްޖަކަށް ހިތު ދަސްވެފައިވާ މިންވަރުގެ މައްޗަށް ބަލާލާފައިވެއެވެ.
advertisment
ހިޔާލު