ރަސްމާދޫ ސްކޫލުގެ އަހަރީ ދުވަސް ފާހަގަކޮށްފި

ރ. ރަސްމާދޫ ސްކޫލުގެ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

ކޮވިޑް-19ގެ މި ހާލަތުގެ ސަބަބުން ގިނަ ހަރަކާތްތަކެއް ކުރިއަށް ނުގެންދެވުނު ކަމުގައި ވިޔަސް އެ ސްކޫލުން ވަނީ އެދުވަހު ހާއްސަ އެސެމްބްލީއެއް ބާއްވާފައެވެ.

މި އެސެމްބްލީގައި އެ ސްކޫލުގެ ގިނަ ދަރިވަރުންނާއި ޓީޗަރުން ވަނީ ބައިވެރިވެފައެވެ. އަދި ސްކޫލު ވަނީ  އަހަރީ ދުވަހަށްޓަކައި ޒީނަތްތެރި ކޮށްފައެވެ. ދުވަހުގެ ހާއްސަ އެސެމްބްލީ އޮތީ އެ ސްކޫލް ހޯލުގައެވެ. އަދި މި އެސްބްލީގައި ދުވަހުގެ މުހިއްމު ކަންކަމާއި ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކާފައެވެ. ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ރަސްމާދޫ ސްކޫލުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ ހަމްދޫން ސައީދު ވިދާޅުވީ ކޮވިޑްގެ މި ހާލަތުގައި ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް މިއަހަރު ރޭވޭ ގޮތް ނުވިކަމަށެވެ.  އެހެން އަހަރުތަކުގައި މިދުވަސް ވަރަށް ކުލަގަދަކޮށް އެ ސްކޫލުގައި ފާހަގަ ކުރާކަމަށާއި އަންނަ އަހަރު ކޮވިޑްގެ ހާލަތު ރަގަޅުނަމަ މި ދުވަސް ކުލަގަދަކޮށް ގިނަ ހަރަކާތްތަކަކާއިއެކު ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑްގެ މިހާލަތުގައި ސްކޫލުތަކުގައި ކިޔެވުމުގެ ގަޑިތައް މަދުކޮށް ސްކޫލުގައި އުޅޭ ވަގުތުތަކުގައި ސަމާލުކަންދޭންވީ ކަންތައްތައް އެޑިއުކޭޝަން މިިނިސްޓްރީން ވަނީ އެކުލަވަލާ ސްކޫލުތަކާ ހިއްސާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *