އަޒްހީލްގެ ހިފްޒު ޕްރޮޖެކްޓްގެ ޕްރޮގްރާމްތަކަށް ތަރުހީބު ބޮޑުވެ އާބުރަކަށް އިއުލާން ކޮށްފި

ކީރިތި ގުރުއާން އުގަންނައިދޭ މުދައްރިސް އަޒްހީލް އަހުމަދު ފެއްޓެވި ހިފްޒް ޕްރޮގްރާމަށް ލިބުނު ތަރުހީބާއެކު މި ޕްރޮގްރާމުގެ އާބުރަކަށް އިއުލާންކޮށްފިއެވެ.

ހިފްޒު ޕްރޮޖެކްޓަކީ 2021 ވަނަ އަހަރު ވަރަށް މަދު އަދަދެއްގެ ކުދިންނާއިއެކު ކީރިތި ގުރުއާން އުގަންނައިދޭ މުދައްރިސް އަޒްހީލް އަހުމަދު ފެއއްޓެވި ޕްރޮޖެކްޓެކެވެ.

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އަޒްހީލް ވިދާޅުވީ އޭނާގެ އަމާޒަކީ، ވީހާވެސް ގިނަ އަދަދެއްގެ ދިވެހިންނަށް އަދި ކުދިންނަށް ހިލޭ ހިފްޒު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. މި ޕްރޮޖެކްޓްގެ ޕްރޮގްރާމްތައް އެކަށައަޅާފައިވަނީ ކީރިތި ގުރުއާން އަވަސް މުއްދަތެއްގައި ހިފްޒުކުރުމަށް ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ހަމައެއާއިއެކު ތަޖުވީދާއި، ލައިފްސްޓައިލް އަދި ކައުންސެލިންގ ފަދަ ބައިތަކާއި ޕާސަނަލް ޑިވެލޮޕްމެންޓްގެ ބައިތައްވެސް ހިމެނޭގޮތަށެވެ.

މި ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންގެ މެދުގައި މަހުން މަހަށް ނެގޭ ހިޔާލު ހޯދުންތަކުން ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ޕްރޮގްރާމް ކުރިއަށްދާގޮތާއިމެދު ހިތްހަމަޖެހޭކަން ފާހަގަކުރެވޭކަމަށާއި އެގޮތުން ޖެނުއަރީ މަހުގައި ނެގި ހިޔާލު ހޯދުމުގެ ސާރވޭގައި ބައިވެރިވި 543 ކުދިންގެ ތެރެއިން 99% ކުދިން ޕްރޮގްރާމް ކުރިއަށް ގެންދާގޮތާއިމެދު ހިތްހަމަޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން މިވަގުތު 700 އަށްވުރެ ގިނަ ދަރިވަރުން އުގެނެމުން އެބަދެއެވެ. ހިލޭ ހިންގި ނަމަވެސް މިހާ ގިނަ އަދަދެއްގެ ކުދިންނާއިއެކު މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ތަނަވަސްކަން ހުރި ފަރާތްތަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްރޮޖެކްޓް ހިންގާ ފަރާތުން އެދެއެވެ.

އަލަށް ބައިވެރިވާ ދަރިވަރުންނަށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު މިފަހަރުގެ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ގޫގުލް ފޯމް ފުރާލުމުން ބައިވެރި ވެވޭނެއެވެ. މި ފޯމްގެ ލިންކް އަޒްހީލްގެ ފޭސްބުކް ޕޭޖުން  ލިބޭނެއެވެ. އިތުރު މައުލޫމާތު 9961127 ލިބޭނެއެވެ.

ހިޔާލު

2 Responses

  1. މާތްﷲ އަޒުހީލް އަށް ހެޔޮ ދަރުމަ ދެއްވާށި އަދި މަސައްކަތުގައި ބަރަކާތް ލައްވާށި

  2. މާތްﷲ އަޒުހީލް އަށް ހެޔޮ ދަރުމަ ދެއްވާށި އަދި މަސައްކަތުގައި ބަރަކާތް ލައްވާށި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *