ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އިރުޝާދިއްޔާ ސްކޫލުގެ ހިއުމަން ރައިޓްސް ކުލަބާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމަކީ ކުރިއަށް އޮތްތަނުގައި އެކްޝަން ޕްލޭންއެއް ތައްޔާރުކުރުމުގެ ކުރިން ދަރިވަރުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދެވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުގައި ބައިވެރިވީ އެސްކޫލުގެ ހިއުމަން ރައިޓްސް ކުލަބްގެ ރައީސް އައިޝަތު ރީޝަން ޝަފީއު (10އެސް) އަދި އައިޝަތު ރުވާ ރަޝީދު (9ބީ) އެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުގައި ދަރިވަރުން ވަނީ މި އެކްޝަން ޕްލޭން ހެދުމަށް ބޭނުންވާ ގިނަ ހިޔާލުތަކެއް ހިއުމަން ރައިޓްސް ކޮމިޝަނާއި ހިއްސާކޮށްފައެވެ. މި ބައްދަލުވުގައި ގިނަ ސްކޫލުތަކުން އޮންލައިންކޮށް ބައިވެރިވެ މި އެކްޝަން ޕްލޭނަށް ވަނީ ވަރަށްް ގިނަ މުހިއްމު ހިޔާލުތަކެއް ހިއްސާކޮށްފައެވެ. އަދި މުސްތަގްބަލްގައި އެ ކޮމިޝަންގެ މަސައްކަތްތަތަކާއި ގުޅޭގޮތުންވެސް ވަނީ ހިޔާލުފާޅުކޮށްފައެވެ.
advertisment
ހިޔާލު