އިރުޝާދިއްޔާ ސްކޫލުގެ ބިޒްނަސް ކުލަބަށް މައުލޫމާތުދިނުމުގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި

ބިޒްނަސް ކޯޕަރޭޓްގެ ފަރާތުން އިރުޝާދިއްޔާ ސްކޫލުގެ ބިޒްނަސް ކުލަބަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ބައްދަލުވުގައި ބައިވެރިވީ އެސްކޫލުގެ ބިޒްނަސް ކުލަބްގެ ރައީސް ހައްވާ ސަލްވާ ޝަރީފް (10 ބީ) އާއި ނައިބް ރައީސް އައިމިނަތު އަފާފު ޒަފަރު (9ބީ) އެވެ.

މި ބައްދަލުވުމުގައި ސްކޫލުގެ ފަރާތުން ބިޒްނަސް ކުލަބާއި ބިޒްނަސް ކޯޕަރޭޓްގެ ފަރާތުން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ހިޔާލު ބަދަލު ކުރެވުނު ކަންތައް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ އަދި ބިޒްނަސް ކޯޕަރޭޓްގެ ފަރާތުން އެ ކޯޕަރޭޓުން ސްކޫލަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމާއި ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކާފައެވެ. އަދި މުސްތަގްބަލްގައި ބިޒްނަސް ދާއިރާއިން ހިންގިދާނެ ގިނަ ކަންކަމާއި ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައިވަނީ ހިޔާލު ބަދަލު ކޮށްފައެވެ. އިރުޝަދިއްޔާ ސްކޫލުގެ ފަރާތުން ވަނީ އެ ސްކޫލުގެ ބިޒްނަސް ކުލަބާއި ހިއްސާކޮށްދިން ހިޔާލާއި އަދި ކުރިއަށް އޮތްތަނުގައި ވެދޭނެ އެހީތެރިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދީފައިވާތީ ބިޒްނަސް ކޯޕަރޭޓްއަށް ޝުކުރު އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *