އިސްލާމިކް ޔުނިވަރސިޓީން ލީޑަރޝިޕް ޓްރެއިނިންގއެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޓްރެއިނިންގ ކުރިއަށް ގެންގޮސްފައިވަނީ ފުވައްމުލަކު ސިޓީގައެވެ. މި ޓްރެއިނިންގ ނަންގަވައި ދެއްވީ އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (އެޑްމިން އެންޑް ފައިނޭންސް) މުހައްމަދު މާހިދު ޝަރީފެވެ.
މި ސެޝަނަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސްއާއި އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަންއެކެވެ. ގއ، ގދ، އަދި ފުވައްމުލަކު ސިޓީގެ މަދަނީ ޖަމްޢިއްޔާތަކަށް މަހާސިންތާއެއްގެ ގޮތަށް ކުރިއަށް ގެންދެވުނު މި ސެޝަންގައި އެ ޖަމްޢިއްޔާތަކުގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ސެޝަންގައި ލީޑަރޝިޕާއި ގުޅޭގޮތުންނާއި މަދަނީ ޖަމިއްޔާތަކުގެ ރޯލާގުޅޭ ގޮތުންވެސް ގިނަ މައުލޫމާތުތަކެއް ބައިވެރިންނަށް ވަނީ ދީފައެވެ. މި ސެޝަންްގައި ބައިވެރިންނަށް އެކި ކަހަލަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
advertisment
ހިޔާލު