މޯލްޑިވްސް މީޑިއާ އިންސްޓިއުޓްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ އިންސްޓިއުޓް (އެމްއެމްއައި)ންް 2022 ވަނަ އަހަރު ޖެނުއަރީ އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިފަހަރު އެމްއެމްއައިން ކުރިއަށްގެންދާ ކޯސްތަކުގެ ތެރޭގައި ޑިޕްލޮމާއިން ވީޑިއޯ ޕްރޮޑަކްޝަަން، ސެޓްްފިކެޓް 3 އިން ލޭޑީސް ޑްރެސް މޭކިންގ، ސެޓްްފިކެޓް 3 އިން ޖާނަލިޒަމް، ސެޓްްފިކެޓްް 3 އިން ބްރޯޑްކާސްޓް މެނޭޖްމެންޓްް، ސެޓްްފިކްޓް 1 އިން ޓީވީ ޕްރޮޑަކްޝަން، ސެޓްފިކެޓް 1 އިން ޕްރެޒެންޓިންގ އެންޑް ނިއުސް ރީޑިންގ އަދި އެޑްްވާންސް ސެޓްފިކެޓްއިން ވީޑިއޯ އެންޑް ފިލްމް ޕްރޮޑަކްޝަން ހިމެނެއެވެ.

މި ކޯސްތަކުގައި މިހާރު ދަރިވަރުންނަށް އޮންލައިންކޮށް ފޯމް ހުށަހެޅޭނެއެވެ. ކޮންމެ ކޯހެއްގެ މައުލޫމާތުވެސް އެމްއެމްއައިގެ އެފްބީ ޕޭޖުން ލިބޭނެއެވެ.

އެ އިންސްޓިޓިއުޓްގެ ކޮންމެ ކޯހެއްގައިވެސް 16 އަހަރުން މަތީގެ ކޮންމެ ދަރިވަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ކޯސްތަކަކީ މީޑިއާގެ ދާއިރާއަށްް މަސައްކަތް ކުރުމަށް ޝައުގުވެރިވާ ކުދިންނަށް ހުޅުވާލެވިފައިވާ  ފުރުސަތެކެވެ.

މިއީ އެމްކިއުއޭ އެޕްރޫވް ކޯސްތަކެކެވެ. މި ކޯސްތަކަށް ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ 31 ޖެނުއަރީއެވެ.  މިިއީ މިދާއިރާއިން ގިނަ ދަރިވަރުން ތަމްރީން ކުރަމުން އަންނަ އިންސްޓިޓިއުޓެކެވެ. އިތުރު މައުލޫމާތު ހޯދުމަށް އެ އިންސްޓިޓިއުޓްގެ ނަމަބަރު 3000340އަކަށް ގުޅާލުމުން ލިބޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *