ދުވާފަރު ޕްރައިމަރީ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފަށައިފި

ދުވާފަރު ޕްރައިމެރީ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފެށި ކުރިއަށްދަނީ؛- ފޮޓޯ: ދުވާފަރު ޕްރައިމެރީ ސްކޫލް

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ހަތަރު ކްލާސްރޫމްގެ އިމާރާތުގެ މަސައްކަތް ފަށައިފިއެވެ.

އަށްމަސް ދުވަސްތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ، މި އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ވެލް ޓްރޭޑް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. ހަތަރު ކްލާސްރޫމުގެ ދެ ބުރި އިމާރާތުގެ އިތުރުން، އެ ސްކޫލް އޮފިސް ބްލޮކާއި، އައު އިމާރާތް ގުޅުވާލުމުގެ ގޮތުން ބްރިޖެއްވެސް އިމާރާތްކުރެވިގެންދާނެއެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލް؛ ސްކޫލް ކުދިން ސްކޫލް ކޮމްޕައުންޑުގައި؛- ފޮޓޯ: ދުވާފަރު ޕްރައިމަރީ ސްކޫލް

ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އަޅާ މި އިމާރާތުގެ ސަބަބުން، ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުވުމާއެކު، ސްކޫލުން ބާއްވާ ވޮކޭޝަނަލް ކްލާސްތައް ބޭއްވުމަށް ޖާގަލިބިގެންދާނެކަމަށް ދުވާފަރު ޕްރައިމަރީ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝުކުރީ ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު އެ ސްކޫލް ކޮމްޕިއުޓަރ އަދި ސައިންސް ލެބޯޓްރީ ބޭނުންކުރެވިގެންދަނީ ކްލާސްރޫމްތަކުގެ ގޮތުގައި ކަމުން، އައު އިމާރާތާއެކު، ކޮމްޕިއުޓަރ އަދި ސައިންސް ލެބޯޓްރީ، ލެބޯޓްރީތަކުގެ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

ދުވާފަރު ސްކޫލުގެ ދަރިވަރުން؛- ފޮޓޯ: ދުވާފަރު ޕްރައިމަރީ ސްކޫލް

ދުވާފަރު ޕްރައިމަރީ ސްކޫލުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ އަދަދަކީ 645 ދަރިވަރުންނެވެ. މި ސްކޫލުގައި ކިޔަވައިދެމުން އަންނަނީ ފައުންޑޭޝަން ސްޓޭޖުން ގްރޭޑް ހަޔަކާ ހަމައަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *