ކިޔެވުން ފެށުމަށް އެމް.އެން.ޔޫ އޮތީ ތައްޔާރަށް

ފެބްރުއަރީ 6 ގައި ފަށަން ހަމަޖެހިފައިވާ ކޯސްތަކަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އޮތީ ތައްޔާރަށްކަމަށް އެ ޔުނިވަރސިޓީ ފެކަލްޓީ އޮފް އާރޓްސްގެ ލެކްޗަރަރ އަޒީޒާ އަފީފް ވިދާޅުވެއްޖެ އެވެ.
ޓީވީ ޕްރޮގްރާމްއެއްގައި ވާހަކަ ދައްކަވަމުން އަޒީޒާ ވިދާޅުވީ ކޯވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަޑިވަޅުގައި އޮންލައިންކޮށް ކިޔެވުމަށް ބަދަލުކުރަން ޖެހުނުކަމުގައިވިޔަސް އެ ހާލަތަށް އެމް.އެން.ޔޫ އޮތީ ތައްޔާރަށްކަމަށެވެ.

މީގެ ކުރިންވެސް އޮންލައިންކޮށް ކިޔަވައިދޭންޖެހުނުކަން ފާހަގަކުރައްވަމުން އަޒީޒާ ވިދާޅުވީ މިއީ ކިޔަވައިދިނުމުގެ ދާއިރާއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ. އެހެންނަމަވެސް އެމް.އެން.ޔޫއަށް އުފުލަންޖެހުނު ތަކުލީފު ކުޑަކަން ފާހަގަކުރެއްވިއެވެ. ސަބަބަކީ ޕެންޑަމިކް އައުމުގެ ކުރިންވެސް އެމް.އެން.ޔޫއިން މޫޑުލް ބޭނުންކުރުމެވެ.

އެހެންކަމުން އެބޭފުޅުން ފިލާވަޅުތައް ދަރިވަރުންނަށް ހިއްސާކުރަމުންދިޔައީ އޮންލައިންކޮށެވެ. ހަމައެހެންމެ ދަރިވަރުންނާއި ދާރިސުން މޫޑުލްގެ ތަމްރީނުތައް ދީފައިވާނެކަމަށްވެސް ވިދާޅުވިއެވެ. އޮންލައިންކޮން ކިޔަވައިދިނުމަށް އެމް.އެން.ޔޫގެ ދާރިސުން ކުރިއަރާފައިވާ މިންވަރު ފާހަގަކުރައްވަމުން އަޒީޒާ ވިދާޅުވީ ރަނގަޅު ނަތީޖާތަކެއްވެސްދަނީ އެބޭފުޅުން ނެރެމުންކަމެވެ.

"އަޅުގަނޑުމެންގެ ދާރިސުން ވަރަށް ރަނގަޅަށް ކިޔަވައިދެއްވާ. ވަރަށް ރަނގަޅު ނަތީޖާވެސްވަނީ ނެރެދީފަ."

އަޒީޒާ އަފީފް ވިދާޅުވިއެވެ.
އެމް.އެން.ޔޫގެ ކޯސްތަކަށް ހުށައެޅުމުގެ މުއްދަތު މިއަދަށް ހަމަވާއިރު އެމް.އެން.ޔޫ ޕޯޓަލް މެދުވެރިކޮށް ކޯސްތަކަށް ހުށައެޅޭނެއެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *