ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދުމަަތިވެފައި ވީނަމަވެސް ސްކޫލްތަކުގެ ކިޔެވުން އޮންލައިން ކުރުމުގެ ވިސްނުމެއް އަދި ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެެވެ.
ކޮވިޑް-19 ގެ އައު ވޭރިއެންޓް ރާއްޖެއިން ފެނި މިހާރު ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ސްކޫލްތަކަށް ދަރިވަރުންނާއި ޓީޗަރުން ހާޒިރުވާ މިންވަރު މަދުކަން ސްކޫލްތަކުންވަނީ ފާހަގަކޮށްފައެވެ. ކޮވިޑް-19 ގެ ކޭސްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ބައެއް އަތޮޅުތެރޭގެ ރަށްތައްވަނީ މޮނިޓަރިންއަށްލައި، ސްކޫލްތައް ބަންދުކޮށްފައެވެ.
ހަމައެހެންމެ މާލޭގެ ސްކޫލްތަކުގެ އިތުުރުން އަތޮޅުތެރޭގެ ސްކޫލްތަކުންވެސް ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ހާޒިރުވާ މިންވަރު ދަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް އަދި ކިޔެވުން އޮންލައިން ކުރުމަށް ވިސްނާފައި ނުވާކަން ވަނީ ހާމަކޮށްފައެވެ.
ދަރިވަރު ނޫހުންކުރި ސުވާލަކަށް ޖަވާބު ދެމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓީޗަރުން ތިބި މިންވަރަކުން ސްކޫލުތަކުން މެނޭޖްކޮށްގެން ކުލާހަށް ހާޒިރުވެގެން ކިޔެވުން ކުރިއަށް ގެންދާނެކަމެވެ.
ދެވަނަ ޓާމް ފެށިގެން އައިއިރު ކޮވިޑްގެ ހާލަތުވަނީ ގޯސްވާން ފަށާފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލަތައް ހުޅުވީ ކޭސްތަކަށް ބެލުމަށްފަހު އިތުރު ވިސްނުމަކަށް ދާ ގޮތަށެވެ.
އޮމިކްރޮން ވޭރިއަންޓް ފެތުރެން ފެށުމާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެޗްޕީއޭގެ އަމާޒަކީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެފަދަ ގޮތަކަށް ބަލި ކޮންޓްރޯލްކުރުން ކަމަށް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.
ކޮވިޑް ކޭސްތަކަށްބަލާއިރު އިއްޔެ ޓެސްޓު ކުރެވުނު 7600އަށްވުރެގިނަ ސާމްޕަލްގެތެރެއިން 2700 އަށްވުރެގިނަ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.
advertisment
ހިޔާލު