އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާގެ ވަފުދަކާއި އައިޔޫއެމުން ބައްދަލުކޮށްފި

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައި.އައި.ޔޫ.އެމް)ގެ ޓީމެއް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަަރސިޓީ (އައިޔޫއެމް) ގެ ސީނިއަރ މެނޭޖްމަންޓް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ އިސްލާމިކް ޔުނިވަރސިޓީގައެވެ.

މި ބައްދަލުވުމުގައި، އައިޔޫއެމްގެ އިސްވެރިންނާއި ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯގެ ޓީމުން ވަނީ އައި.އައި.ޔޫ.އެމްގެ ޑިރެކްޓަރ އޮފް ހާރޫން މ.ހާޝިމް ލޯ ސެންޓަރ، ޑރ ޖުރައިދާ ބިންތި ހާޖީ އަލީ އަދި ޑެޕިއުޓީ ޑިރެކްޓަަރ އޮފް ކޮމިއުނިކޭޝަން އެޑްވޮކެސީ އެންޑް ޕްރޮމޯޝަން، މެޑަމް އަބަޒައިމާ މުހައްމަދު އައްބާސްއާއި ބައްދަލުކުރައްވާ ދެފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން މަސައްކަތްކުރުމަށާއި، ދެ ފަރާތަށް ފައިދާއާއި މަންފާ ލިބިގެންވާ ދިރާސާ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި އައިޔޫއެމްގެ ރެޖިސްޓަރ އަލްއުސްތާޒު އަހުމަދު ރައޫފް އަބްދުﷲ އާއި ޑެޕިއުޓީ ވައިސް ޗާންސެލަރ ރިސާޗް އެންޑް އިނޮވޭޝަން ޑރ. ދީބާ މޫސާއާއި ލޯކަލް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓްގެ އެކްޓިންގ ޑިރެކްޓަރ އަލްއުސްތާޒާ އައިޝަތު ޝިނާ އަދި ޝަރީއާ އެންޑް ލޯގެ ޑީން މުހައްމަދު ސުޖާއު އާއި އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ އެކަޑަމިކް ޑރ.ސައުދުﷲއަލީ ވަނީ ބައިވެރިވެ ވަޑަައިގެންފައެވެ. މި ބައްދަަލުވުމުގައި އިސްލާމިކް ޔުނިވަރސިޓީން ވަނީ އައިއައިޔޫއެމްގެ ބޭފުޅުން ޔުނިވަރސިޓީއަށް ޒިޔާތަތްކުރެއްވިކަމަށްޓަކައި ހަދާނީ ފިލާއެއް އަރުވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *