ހިރިޔާ ސްކޫލުގައި ޓީޗަރުންނަށް ޕީޑީ ސެޝަނެއް ކުރިއަށްް ގެންގޮސްފި

ހިރިޔާ ސްކޫލުގައި ޓީޗަރުންނަށް ޕީޑީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަން ކުރިއަށް ދިޔައީ އޮންލައިންކޮށްނެވެ.

މި ސެޝަން ނަންގަވައި ދެއްވީ ލީޑިންގ ޓީޗަރ ދިޔާނާ ސައީދާއި ލީޑިންގ ޓީޗަރ އިސްމާއިލް މުހައްމަދެވެ.

1 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ސެޝަންގައި ހިރިޔާ ސްކޫލުގެ ހުރިހާ ޓީޗަރުން ވަނީ ބައިވެރިވެފައެވެ. ދަރިވަރު ނޫހަށްް މައުލޫމާތު ދެއްވަމުން ހިރިޔާ ސްކޫލުގެ ލީޑިންގ ޓީޗަރ ދިޔާނާ އަހުމަދު ވިދާޅުވި ގޮތުގައި މި ސެޝަން ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މައިގަނޑު ސަބަބަކީ ދަރިވަރުނަށް ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމުގެ މުހިއްމުކަން މުދައްރިސުންނަށް އަންގައިދިނުމުގެ ގޮތުން ކަމަށެވެ. މި ސެޝަންގައި ޓެކްނޮލޮޖީގެ އެކިއެކި ގޮތްތައް ބޭނުންކޮށްގެން އިންޓަރެކްޓިވްކޮށް ފިލާވަޅުތައް ގެންދާނެ ގޮތާއި ގުޅޭ ގޮތުންވެސް ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން މި ސެޝަންގައި ޕްރޮޖެކްޓް ބޭސްޑް ލަރނިންއަކީ ކޮބައި ކަމާއި އެމެތަޑަަށްް ކިޔަވައިދޭނެ ގޮތްތަކާއި ގުޅޭގޮތުން މުދަރިއްސުންނަށް ވަނީ މައުލޫމާތު ދީފައެވެ. ހިރިޔާ ސްކޫލަކީ އަބަދުވެސް މުދައްރިސުން ތާޒާ ކުރުމަށް ތަފާތު ގިނަ ޕްރޮގްރާމްތަކާއި ސެޝަންތައް ކުރިއަށް ގެންދާ ސްކޫލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *